މާލެ: 31°C

އެއާއޭޝިއާގެ "ނޯ ކްލޫ އެސްކޭޕް" ގެ ބައިވެރިންނަށް މަންޒިލަކީ ދިވެހިރާއްޖެކަން އިނގުނީ 3000 ފޫޓު މަތިން ދަތުރުކުރަމުންދަނިކޮށް

އެއާއޭޝިއާގެ "ނޯ ކްލޫ އެސްކޭޕް" ގެ ބައިވެރިންނަށް މަންޒިލަކީ ދިވެހިރާއްޖެކަން އިނގުނީ 3000 ފޫޓު މަތިން ދަތުރުކުރަމުންދަނިކޮށް
September 25, 2024
2 ފަހަރު ބަލާފައި
އެއާއޭޝިއާގެ "ނޯ ކްލޫ އެސްކޭޕް" ގެ ބައިވެރިންނަށް މަންޒިލަކީ ދިވެހިރާއްޖެކަން އިނގުނީ 3000 ފޫޓު މަތިން ދަތުރުކުރަމުންދަނިކޮށް
މިދިޔަ އޮގަސްޓް މަހު އެއާއޭޝިއާ އާއި ސީއެލްއެސް ހޮލިޑޭ ގުޅިގެން ކުރިއަށްގެންދިޔަި "ނޯ ކްލޫ އެސްކޭޕް" ގެ ބައިވެރިންނަށް ސަޕްރައިޒިން މަންޒިލަކީ ދިވެހިރާއްޖެކަން އިނގުނީ 3000 ފޫޓު މަތިން ބޯޓު ދަތުރުކުރަމުން ދަނިކޮށެވެ. އެއާއޭޝިއާ އާއި ހޮންކޮންގް ގެ ސީއެލްއެސް ކިޔާ ޓްރެވަލް އޭޖެންސީއެއް ގުޅިގެނ ހިންގި ޕްރޮމޯޝަނެއްގައި ޓިކެޓެއް ވިއްކާފައިވަނީ 634 ޑޮލަރު ޑޮލަރަށެވެ. ޓިކެޓާއެކު 5 ދުވަހުގެ ޗުއްޓީގެ ހުރިހާ ޚަރަދެއް ހަމަޖައްސާދޭގޮތަށް ޗުއްޓީއަށް ފޮނުވާ މަންޒިލް ސިއްރުކޮށްގެން ހިންގި ޕްރޮމޯޝަން ހުޅުވާލުމާއެކު ހުރިހާ ޓިކެޓެއް ވަނީ ވިކި ހުސްވެފައެވެ. "ނޯ ކުލޫ އެސްކޭޕް" ގައި ބައިވެރިވި ފަރާތްތަކަށް ދަތުރަށް ފުރުން ހަމަޖެހިފައި އޮތީ މިދިޔަ ހުކުރުދުވަހު ހޮންކޮންގ އެއާޕޯޓުންނެވެ. މިދިޔަ ހުކުރު ދުވަހު ހޮންގްކޮންގްގެ އެއާ އޭޝިއާ އޭ 320 މަރުކާގެ މަތިންދާބޯޓު ( އެއާއޭޝިއާގެ ފްލައިޓް އޭކޭ 139) ހޮންކޮންގުގެ އެޗްކޭޖީ އެއާޕޮޓުން ފުރިއިރުވެސް އެ ދަތުރުގެ މަންޒިލަކީ ކޮބައިކަން ދަތުރުގެ ބައިވެރިންނަށް ވަނީ ސިއްރުކޮށްފައެވެ. އެއްމެ ފުރަތަމަ ދަތުރުގެ މަންޒިލް ހާމަކޮށްފައިވަނީ ބޯޓު ފުރައިގެން ހޮންކޮންގ އާއި މެލޭޝިއާ އާއިދެމެދު 3000 ފޫޓު މަތިން ދަތުރުކުރަމުން ދަނިކޮށެވެ. ދަތުރުގެ ބައިވެރިންގެ މަންޒިލަކީ ދިވެހިރާއްޖެކަމަށާއި ބައިވެރިންގެ ހުރިހާ ޚަރަދަކާއެކު 5 ދުވަހުގެ ޗުއްޓީ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ބަނޑޮސް އައިލެންޑް ރިސޯޓުގައިކަން އިއުލާނުކުރުމާއެކު ދަތުރުގެ ބައިވެރިން ވަރަށް ބޮޑަށް އުފާކޮސް އެމީހުންގެ ސަޕްރައިޒު "ނޯ ކުލޫ އެސްކޭޕް" ގެ މަންޒިލާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަން ހާމަކުރިކަމަށް އެއާ އޭޝިއާއިން ވަނީ ހާމަކޮށްފައެވެ. އެ ޕްރޮމޯޝަނާމެދު ދަތުރުގެ ބައިވެރިން ހިތްހަމަޖެހޭކަން ފާޅުކޮށްފައިވާތީ އެކަމާގުޅޭގޮތުން އެއާއޭޝިއާގެ ހެޑް އޮފް މާކެޓިން ސޯ ބުނެފައިވަނީ އެކަން އެނގުމުން އެއެއާލައިނުން އުފާކުރާ ކަމަށާއި، އަދި އެ ޙަރަކާތަކީ އެއާ އޭޝިއާގެ ބްރޭންޑް ސްޕިރިޓް ކަމަށްވާ "ސްމޯލް ވިން، ބިގް ހެޕީނެސް" އާ ވަރަށް ފުރިހަމައަށް ގުޅިފައިވާ ހަރަކާތެއްކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ