މާލެ: 31°C

ރިސޯޓްތަކުން ބޭންކަށް ޖަމާކުރާ ޑޮލަރު ދަށަށް، ކީއްވެ؟

ރިސޯޓްތަކުން ބޭންކަށް ޖަމާކުރާ ޑޮލަރު ދަށަށް، ކީއްވެ؟
September 25, 2024
3 ފަހަރު ބަލާފައި
ރިސޯޓްތަކުން ބޭންކަށް ޖަމާކުރާ ޑޮލަރު ދަށަށް، ކީއްވެ؟

ރިސޯޓުތަކުން ބޭންކުތަކަށް ޖަމާކުރާ ޑޮލަރުގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް ދަށަށްދާ ކަމަށް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ހާމަކޮށްފި އެވެ.

ޓޫރިޒަމް ދާއިރާއިން ރިސޯޓުތަކަށް މިދިޔަ އަހަރު 4.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނުއިރު ބޭންކްތަކަށް ޖަމާކޮށްފައިވަނީ 2.3 ބިލިއަން ޑޮލަރެވެ.

ބޭންކްތަކަށް ޖަމާކުރާ ޑޮލަރު މަދުވި ނަމަވެސް ފަތުރުވެރިކަމުން ރިސޯޓުތަކަށް ލިބޭ އާމްދަނީ އިތުރުވަމުންދާކަން އެމްއެމްއޭ އިން ވަނީ ފާހަގަކޮށްފަ އެވެ. އެ ގޮތުން 2019 ވަނަ އަހަރު ރިސޯޓުތަކަށް އާމްދަނީގެ ގޮތުގައި 3.4 ބިލިއަން ޑޮލަރު ލިބުނެވެ. އެ އަހަރު 2.5 ބިލިއަން ޑޮލަރު ބޭންކްތަކަށް ޖަމާކޮށްފައިވާ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. މިއީ އެ އަހަރު ރިސޯޓުތަކަށް ލިބުނު އާމްދަނީގެ 74 ޕަސެންޓެވެ. މީގެ އިތުރުން ބޭންކްތަކަށް ރިސޯޓުތަކުން ޑޮލަރު ވިއްކި އަދަދުވެސް ވަނީ ދަށަށް ގޮސްފަ އެވެ. އެ ގޮތުން މިދިޔަ އަހަރު ރިސޯޓުތަކުން ބޭންކްތަކަށް ވިއްކީ 68 މިލިއަން ޑޮލަރެވެ. މި އަދަދު 2019 ގައި ހުރީ 153 މިލިއަން ޑޮލަރުގަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ