އެޗްޑީސީއަށް ކޮރަޕްޝަންގެ ތުހުމަތު: އެކުންފުނިން ބުނަނީ އެންމެ އަގުހެޔޮ ޕާޓީއަށް މަސައްކަތް ނުދިނީ ފެންވަރު ކަށަވަރު ކުރުމަށް ކަމަށް

އެޗްޑީސީއަށް ކޮރަޕްޝަންގެ ތުހުމަތު: އެކުންފުނިން ބުނަނީ އެންމެ އަގުހެޔޮ ޕާޓީއަށް މަސައްކަތް ނުދިނީ ފެންވަރު ކަށަވަރު ކުރުމަށް ކަމަށް
ލިޔުން:
ފްލެޓްތައް މަރާމާތު ކުރުމަށް ބިޑު ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގު ހުށަހެޅި ބަޔަކަށް އެ މަސައްކަތް ކުރުމަށް ހަވާލު ނުކުރީ މަސައްކަތުގެ ކޮލިޓީ ކަށަވަރު ކުރުމަށްކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.
ފަޒުލް މިހެން ވިދާޅުވީ ހުޅުމާލެ ފޭސް 1 ގައި ހުންނަ ކޮރަލްވިލް ގެ 9 ފްލެޓެއްގެ ކުލަ އާކޮށް އާބާތުރަ ފިލުވާ ދޭނެ ބަޔަކު ހޯދުމަށް ކުރި އިއުލާނަށް ފަހު އެ މަސައްކަތް ބަޔަކާ ހަވާލު ކުރުމުން އެޗްޑީސީއަށް އަމާޒުވި ފާޑު ކިޔުންތަކާ ގުޅިގެންނެވެ.
ފަޒުލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެންމެ ކުޑަ އަގު ހުށަހެޅި ކުންފުންޏަށް އެ މަސައްކަތް ހަވާލު ނުކުރީ އެޗްޑީސީން އެ މަސައްކަތަށް ދާނެކަމަށް އަންދާޒާ ކުރި ހަރަދަށް ވުރެ ބިޑުކޮށްފައިވާ އަދަދު 20 އިންސައްތައަށް ވުރެ ދަށްވުމުން ކަމަށެވެ. އަދި އެއީ މަސައްކަތުގެ ކޮލިޓީއަށް ބެލުމެއް ނެތި ބިޑު ކާމިޔާބު ކުރުމަށް ބިޑު ކުރި ބައެއް ކަމުގައި ބެލެވޭކަމަށްވެސް ފަޒުލް ވިދާޅުވި އެވެ.
މީގެ އިތުރުން އެޗްޑީސީގެ އަންދާޒާއަށްވުރެ ބިޑުކޮށްފައިވާ އަދަދު 20 އިންސައްތަ ދަށް ނަމަ ޑިސްކޮލިފައި ވާނެކަން އެ ކުންފުނިން ކުރި އިއުލާނާއެކު ނެރުނު އިންވިޓޭޝަން ޓު ބިޑް(އައިޓީބީ) ގައި ބުނެފައިވާނެކަމަށް ފަޒުލް ވިދާޅުވި އެވެ.
މި މަސައްކަތް ކުރުމަށް އެޗްޑީސީން މިހާރު ވަނީ މެގަވާސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. އެ ކުންފުނިން ބިޑުކޮށްފައިވަނީ 6،612،624.00 (ހަ މިލިއަން ހަލައްކަ ބާރަ ހާސް ހަސަތޭކަ ސައުވީސް) ރުފިޔާ އެވެ.
އެޗްޑީސީން އަންނަނީ ގަވައިދުން، ހުޅުމާލޭގައި ހުންނަ ފްލެޓްތައް މަރާމާތުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
