
ލަންކާގެ އާބޮޑު ވަޒީރަށް ރައީސްގެ ތަހުނިޔާ
ލަންކާގެ އާބޮޑު ވަޒީރަށް ރައީސްގެ ތަހުނިޔާ
ލިޔުން:
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސްރީލަންކާގެ 16 ވަނަ ބޮޑުވަޒީރަކަށް އައްޔަން ކުރެއްވި ޑރ. ހަރީނީ އަމަރަސޫރިޔާއަށް ތަހުނިޔާ ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުއިއްޒު، ޑރ. ހަރީނީއަށް ތަހުނިޔާ ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވަނީ ރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ދެމެހެއްޓެނިވި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި ބޮޑުވަޒީރު ޑރ. ހަރީނީ އަމަރަސޫރިޔާގެ ޒަޢާމަތުގައި ސްރީލަންކާއަށް އިތުރު ކުރިއެރުންތަކަށް އަލިވިލޭނެކަމަށް އުންމީދުކުރައްވާކަމަށް ރައީސް ވިދާޅުވި އެވެ.
ޑރ. ހަރީނީ ލަންކާގެ ބޮޑު ވަޒީރުކަމުގެ ހުވާ ކުރެއްވީ އިއްޔެގެ ވަގުތެއްގަ އެވެ. މިއީ 24 އަހަރަށް ފަހު ލަންކާގެ ބޮޑު ވަޒީރުކަމުގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަން ކުރި ފުރަތަމަ ފަހަރެވެ. އަދި އެއީ ލަންކާގެ ތާރީހުގައި ބޮޑު ވަޒީރުކަން ކުރެއްވި ތިންވަނަ އަންހެން ބޮޑު ވަޒީރެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
