
ނޭވާލާ ނިޒާމަށްޖެހޭ ބައްޔެއް ކުޑަކުދިންގެ މެދުގައި ފެތުރޭތީ ރައްކާތެރިވުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި
ނޭވާލާ ނިޒާމަށްޖެހޭ ބައްޔެއް ކުޑަކުދިންގެ މެދުގައި ފެތުރޭތީ ރައްކާތެރިވުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި
ލިޔުން:
ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ކަމަށްވާ ރެސްޕިރޭޓަރީ ސިންސިޓިއަލް ވައިރަސް (އާރ.އެސް.ވީ) ކުޑަކުދިންގެ މެދުގައި ފެތުރޭތީ ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީީން އިލްތިމާސްކޮށްފިއެވެ.
އެ އެޖެންސީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ކަމަށްވާ ރެސްޕިރޭޓަރީ ސިންސިޓިއަލް ވައިރަސް (އާރ.އެސް.ވީ) ޖެހޭ އަދަދު ކުޑަކުދިންގެ މެދުގައި އިތުރުވަމުން ދާކަން ފާހަގަކުރެވިފައިވާތީ، އެކަން ވަރަށްގާތުން އެ އެޖެންސީން ބަލަމުންގެންދާކަމަށެވެ.
އަދި އެ ޕޯސްޓްގައި އިތުރަށް ބުނެފައިވަނީ އެ ބަލި ފެތުރުން ހުއްޓުވުމުމަށްޓައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުމަށާއި ހާއްސަކޮށް ކުޑަކުދިން އެބަލިން ރައްކާތެރިކުރުމަށްޓަކައި ހާއްސަ ސަމާލުކަމެއްދެއްވައިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ. އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ގޮތުގައި އަތްދޮވުމާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި، އެބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ހުންއައުމާއި، ކެއްސުމާއި، ނޭވާލާން އުނދަގޫވުމާއި މޭގައި ރިއްސުންފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށްވެސް އެ އެޖެންސީން އެކްސް ގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
