
ބްރެޑްޕިޓް ކަމަށް ހެދިގެން އަންހެނުން އަތުން ފައިސާ ނަގަމުންދިޔަ ބަޔަކު ސްޕެއިން ފުލުހުން ހައްޔަރުކޮށްފި
ބްރެޑްޕިޓް ކަމަށް ހެދިގެން އަންހެނުން އަތުން ފައިސާ ނަގަމުންދިޔަ ބަޔަކު ސްޕެއިން ފުލުހުން ހައްޔަރުކޮށްފި
ލިޔުން:
ހޮލީވްޑްގެ މަޝްހުރު ފިލްމީތަރި ޕްރެޑްޕިޓް ކަމަށް ހެދިގެން އަންހެންކުދިމން އަތުން ފައިސާނަމުންދިޔަ 5 މީހަކު ސްޕެއިންގެ ފުލުހުން ހައްޔަރުކޮށްފައިވާކަމަށް އެގައުމުގެ ފުލުހުން ބުނެފިއެވެ.
އޮންލައިން އަދި ވަޓްސްއެޕް މެސެޖުތައް މެދުވެރިކޮށް ހޮލީވުޑްގެ ތަރި ބްރެޑް ޕިޓްގެ ގޮތުގައި ސިފަކޮށް 325،000 ޔޫރޯގެ ދެ އަންހެނަކަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ސްޕެއިންގެ ފުލުހުން ބުނެފި އެވެ.
ސްޕެއިންގެ ގާޑިއާ ސިވިލް ޕޮލިސްފޯސް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމީހުން އެކަން ކޮށްފައިވަނީ އޮސްކާ އެވޯޑް ހާސިލްކޮށްފައިވާ އެކްޓަރު ބްރެޑްޕިޓްގެ ފޭސްބުކް ޕޭޖެއްގެ ގޮތުގައި ފޭސްބުްކް ޕޭޖެއް ހަދައި ބްރެޑްޕިޓްގެ ފޭނުންނަށް އެއީ ޕްރެޑްޕިޓްގެ ފޭސްބްކު ޕޭޖުކަމަށް ދައްކުވައި އޮޅުވާލައިގެން ކަމަށެވެ. އެގޮތުން އެ ޕެޖް މެދުވެރިކޮށް މުއާމަލާތުކޮށް އިތުބާރު އުފައްދައި އެކި ކަހަލަ ޕްރޮޖެކްޓްތަކަށް އިންވެސްޓްކުރާނަމުގައި ފައޮސާ ނަގައިގެން ކަމަށާއި، އެގޮތުން 2 އަންހެނެއްގެ އަތުން 325،000 ޔޫރޯ ނަގާފައިވާކަމަށެވެ.
އެމީހުން އެކަން ކުރުމުގައި ފޭސްބުކް ޕޭޖް މެދުވެރިކޮށް ވާހަކަދައްކައި އިތުބާރު އުފެއްދުމަށްފަހު ވަޓްސްއަޕް ބޭނުންކޮށްގެން ވެސް އެ އިތުބާރު ދަމަހައްޓާފައިވާކަމަށާއި އެގުޅުމުގައި އިތުބާރު ގާއިމް ވުމުން ދެމީހުން އެކުގައި ވިޔާފާރި ކުރުމުގެ ނަމުގައި ފައިސާ ނަގަން ފަށަނީ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
