ހެލްތު މިނިސްޓްރީގެ ހުއްދަ ނުހޯދައި ހިންގާ "ފަޒީސް ހިޖާމާ ތެރަޕީ" ފުލުހުން އަންގައިގެން ބަންދުކޮށްފައި މިވަނީ ކުރިންވެސް އެ ކުލިނިކު ހެލްތު މިނިސްޓަރީގެ ހުއްދަ ނުހޯދައި ހިންގާތީ ބަންދުކުރުމަށް ހެލްތު މިނިސްޓްރީން އެންގުމުންވެސް އެ އެންގުޔމަށް އަމަލުނުކޮށް ޚިދުމަތް ދެމުންގެންދާތީ އެމައްސަލަ ހެލްތު މިނިސްޓްރީން ފުލުހުންނަށް ހުށަހެޅުމުން ފުލުހުން އެތަން ބަންދުކުރަން އެންގުމުންނެވެ.
ކުލިނިކު ހިންގުމުގެ ހުއްދަ ލިބެންދެން ހިދުމަތް ހުއްޓާލަން ވެސް ލިއުމުން ވަނީ ނަސޭހަތްތެރިވެފަކަމަށެވެ.
އެ ތެރަޕީ ސެންޓަރުގެ ފޭސްބުކް ޕޭޖުގައި ރޭ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހެލްތު މިނިސްޓްރީން ހުއްދަ ލިބުމާއެކު އަލުން ޚިދުމަތް ފަށާނެކަމަށާއި، ކްލިނިކް ހިންގުމުގެ ހުއްދައަށްއެދި މިހާރުވެސް އެފަރާތުން މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.
ރަޖިސްޓްރީކޮށް ހިޖާމާ ގެ ޖެހުމުގެ ޚިދުމަތް ދޭތީ މިމަހު 12 ވަނަ ދުވަހު ހެލްތުމިނިސްޓަރީން އަނެއްކާވެސް ފަޒީލާއަށްވަނީ ރަޖިސްޓަރީ ކޮސް އޮޕަރޭޓިންގ ލައިސަންސް ނަގައިގެން ކުލިނިކު ހިންގުމަށް އަންގާފައެވެ. އަދި އެ އެންގުމާ ޚިލާފަށް ކުލިނިކު ހިންގާނަމަ ޤާވާއިދާ އެއްގޮތައް ފިޔަވަޅުއަޅާނެކަމަށްވެސް އަންގާފައެވެ. އެ އެންގުމާ އެއްގޮތައް ރަޖިސްޓްރީނުކޮށް ހިޖާމާ ޖެހުމުގެ ހިދުމަތް ދޭތީ އެ ކްލިނިކް ބަންދުކޮށްދޭން މިދިޔަ ހަފުތާގައި ހެލްތު މިނިސްޓަރީން ވަނީ ޕުލުހުންނަށް ހުށަހެޅުމުން ފުލުހުންވަނީ ސިއްހީ ހިދުމަތް ދިނުމާ ބެހޭ ގާނޫނާ ހިލާފަށް އެ މަސައްކަތް ކުރާތީ ފުލުހުން އެ މައްސަލަ ބަލަމުންގެންދާކަމަށް ބުނެފައެވެ. އެހެންކަމުން ފުލުހުން މިއަދު މީޑިއާތަކަށް ބުނެފައިވަނީ ހުއްދަ ނުހޯދައި ހިޖާމާ ޖަހާ ކްލިނިކެއްގެ މައްސަލަ ބަލައިދޭން ހެލްތު މިނިސްޓްރީން އެދިފައިވާތީ، އެ މައްސަލައާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލާފައިވާ ކަމަށަޢި، ގާނޫނާއި ގަވާއިދާ އެއްގޮތަށް ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ހިދުމަތް ދޭން އެ ތެރަޕީ ސެންޓަރުގެ ވެރިފަރާތަށް އަންގާފައިވާ ވާނެކަމަށެވެ. އެގޮތުން ފަޒީގެ ހިޖާމާ ކްލިނިކް މައްސަލާގައި މީގެ ކުރިން 2022 ވަނަ އަހަރު ހެލްތުން ވަނީ އެތަން ބަންދުކުރުމަށް އަންގާފައެވެ. ހެލްތު މިނިސްޓްރީން އެ އަހަރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާގެ ހުއްދަނެތި ހިޖާމާ ޖެހުމަކީ މަނާކަމެއް ކަމަށެވެ.






