މާލެ: 31°C

އޯގަސްޓް މަހު 186 ކައިވެނި ކޮށްދިނުމަށް ހުށަހަޅާފައިވާއިރު 188 ވަރި

އޯގަސްޓް މަހު 186 ކައިވެނި ކޮށްދިނުމަށް ހުށަހަޅާފައިވާއިރު 188 ވަރި
September 24, 2024
2 ފަހަރު ބަލާފައި
އޯގަސްޓް މަހު 186 ކައިވެނި ކޮށްދިނުމަށް ހުށަހަޅާފައިވާއިރު 188 ވަރި
ނިމިދިޔަ އޮގަސްޓް މަހު 186 ކައިވެނި ކޮށްދިނުމަށް ހުށަހަޅާފައިވާއިރު ވަރީގެ 188 މައްސަލަ ހިންގާފައިވާކަމަށ ފެމެލީކޯޓުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ. ފިރިމީހާގާތުން ވަރިވުމަށް 80 މައްސަލައާއި، އަނބިމީހާ ވަރިކުރުމަށާއި ވަރިސާބިތުކުރުމަށް 107 މައްސަލަ އޯގަސްޓް މަހު ފެމެލީ ކޯޓަށް ހުށަހަޅާފައިވޭ: ވަރީގެ މައްސަލަތައް ހުށަހަޅާފައިވާ ގޮތައް ބަލާއިރު އަނބިމީހާ ވަރިކުރުމަށް 45 މައްސަލަ އޯގަސްޓް މަހު ހުށަހަޅާފައިވާއިރު، ފިރިމީހާ ގާތުން ވަރިވުމަށް އެދި 80 މައްސަލަ އޯގަސްޓް މަހު ހުށަހަޅާފައިވެއެވެ. އަދި ވަރިސާބިތުކޮށްދިނުމަށްއެދި 62 މައްސަލައެއް އޯގަސްޓްމަހު ފެމެލީ ކޯޓަށް ހުށަހަޅާފައިވެއެވެ. ފެމިލީ ކޯޓުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކުގައިވާގޮތުން އޯގަސްޓް މަހާހަމައަށް އައިއިރު ކުރިން ހުށަހަޅާފައިވާ ވަރިއާ ގުޅޭ 166 މައްސަލަ އޮތްއިރު، މިދިޔަމަހު ވަރިއާގުޅޭ އިތުރު 148 މައްސަލަ އަލަށް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން އޯގަސްޓް ވަނީ  188 ވަރީގެ މައްސަލަ ނިންމާފައެވެ. އަދި އޯގަސްޓް މަސް ނިމުނުއިރު ވަރިއާގުޅޭ 126 މައްސަލައެއް ނުނިމި އޮތަކަމަށް އެ ކޯޓުގެ ތަފާސްހިސާބުތަކުގައިވެއެވެ. ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކުިގެ ތަފާސް ހިސާބުތަކުގައިވާގޮތުން އޯގަސްޓް މަހާހަމައަށް އައިއިރު ކުރިން ހުށަހަޅާފައިވާ ކުޑަކުދިންނާ ގުޅޭ 57 މައްސަލަ އޮތްއިރު، މިދިޔަމަހު ކުޑަކުދިންނާ ގުޅޭ އިތުރު 6 މައްސަލަ އަލަށް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން އޯގަސްޓް ވަނީ  12 ކުޑަކުދިންނާ ގުޅޭ މައްސަލަ ނިންމާފައެވެ. އަދި އޯގަސްޓް މަސް ނިމުނުއިރު ކުޑަކުދިންނާ ގުޅޭ 57މައްސަލައެއް ނުނިމި އޮތަކަމަށް އެ ކޯޓުގެ ތަފާސްހިސާބުތަކުގައިވެއެވެ. ޙަޟާނާތުގެ 16 މައްސަލައެއް އެ ކޯޓުން ނިންމާފައިވާއިރު ޚޟާނާތުގެ އިތުރު 2 މައްސަލައެއް އޯގަސްޓް މަހު ހުށަހަޅާފައިވެއެވެ. އަދި ކުރިން ހުށަހަޅާފައިވާ ޙަޟާނާތުގެ 18 މައްސަލަ ނުނިމޭކަމަށް އެކޯޓްގެ އޯގަސްޓް މަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެ ކޯޓުން މިއަދު އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުގައި ވާގޮތުން މިދިޔަ މަހު ގެވެށިއަނިޔާގެ 9 މައްސަލައެއް އެކޯޓަށް ހުށަހަޅާފައިވާއިރު، އޯގަސްޓްމަހު ނިންމާފައިވަނީ 6 މައްސަލައެވެ. އަދި އޯގަސްޓް މަހު ހުށަހަޅާފައި ހުރިހާ މައްސަލަ ތަކަކީވެސް އަންހެނުން ހުށަހަޅާފައިވާ މައްސަލަތަކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ