ރައީސް ޑރ. މުހައްމަދު މުއިއްޒު ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާއި ބައްދަލު ކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާއި ބައްދަލު ކުރައްވައިފި
ލިޔުން:
ރައީސް ޑރ. މުހައްމަދު މުއިއްޒު، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ ބައްދަލު ކުރައްވައިފިއެވެ.
އދ. ގެ އާންމު މަޖިލިހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ ބައްދަލު ކުރެއްވުމަށްފަހު މީޑިއާއަށް ރައީސް ޑރ.މުއިއްޒު ދެއްވި ބަސްދީގަތުމުގައި ވިދާޅުވެފައިވަނީ ރާއްޖެއަކީ އަބަދުވެސް ފަލަސްތީނާއެކުގައި އޮތް ގައުމެއް ކަމަށާއި، ކޮންމެ ދިވެހި ދަރިއަކު ވެސް ފަލަސްތީނަށް ދެވެން އޮތް އެންމެ ބޮޑު އެހީތެރިކަމެއް ދެއްވާނެކަމަށާއި، ކޮންމެ ތަނެއްގައި ވެސް ރާއްޖެ އިން އަޑު އުފުލާނީ ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
އެ ބަސްދީގައިތުމުގައި އިތުރަށް ރައީސް ވިދާޅުވީ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ އެކުގައި ބޭއްވެވި ބައްދަލުވުމުގައި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންގެންދާ ކުށްތަކާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށާއި، ދިވެހިން މީގެކުރިން ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ތިބި ފަދަ އިން ކުރިއަށް އޮތް މުސްތަގްބަލުގައި ވެސް ފަލަސްތީނުގެ ރައްޔިތުންނާއެކު ދެމިތިބޭނެކަމުގެ ކަމުގެ ޔަގީންކަން ދެއްވައި ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ކޮށްދެވެން އޮތް ކަންކަން ފުރިހަމަކޮށް ދިނުމުގައި ސާބިތުކަމާއެކުގައި ތިބި ކަމަށްވެސް ދެންނެވިކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
