މާލެ: 31°C

ރައީސް ޑރ.މުޢިއްޒު ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އާއި ބައްދަލުކުރައްވައިފި

ރައީސް ޑރ.މުޢިއްޒު ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އާއި ބައްދަލުކުރައްވައިފި
September 24, 2024
2 ފަހަރު ބަލާފައި
ރައީސް ޑރ.މުޢިއްޒު ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އާއި ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޔޫރަޕިއަން ކޮމިޝަންގެ ރައީސާ ހަރ އެކްސެލަންސީ އުރުސުލާ ވޮން ޑަ ލަޔަންއާ ބައްދަލުކުރައްވައިފިއެވެ. އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ވަނީ ޔޫރަޕިއަން ޔޫނިއަންއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ބަދަހި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ. އޭގެ އިތުރުން ރައީސް ޑޮކްޓަރ މުޢިއްޒު ވަނީ އެމަނިކުފާނުގެ ސަރުކާރުގެ ތަރައްޤީގެ އެޖެންޑާ ހުށަހަޅުއްވާ، ރާއްޖޭގެ ތަރައްޤީއަށް އިތުރު އެހީތެރިކަން ބޭނުންވާ މުހިންމު ދާއިރާތައް ފާހަގަކުރައްވާފައެވެ. އެގޮތުން ދިވެހިރާއްޖެއިން ވިލާތުގެ އިއްތިހާދަށް ބޭރުކުރާ ކަނޑުމަހަށް ކަނޑައަޅާފައިވާ 24 އިންސައްތައިގެ ޓެރިފްގެ ސަބަބުން ދިވެހިރާއްޖެއިން އީޔޫ މާކެޓަށް ވާދަވެރިކަމާއެކު މަހުގެ އުފެއްދުންތައް ނެރުމަށް ހުރި ގޮންޖެހުންތައް ފާހަގަކުރައްވާ އެކަމުގެ ކަންބޮޑުވުން ހިއްޞާކުރއްވައި، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭގެއްލުންތައް ކުޑަކުރުމަށް ރާއްޖެއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އެ މަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. ޔޫރަޕިއަން ކޮމިޝަންގެ ރައީސާ ގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދިވެހިރާއްޖެއިން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކަށާއި ސިޔާސަތުތަކަށް ތަޢުރީފުކުރައްވައި، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ދެއްވެންހުރި އެހީތެރިކަމެއް ދެއްވާނެކަން ވަނީ ދެއްވާފައެވެ. އަދި އެ ކޮމިޝަންގެ ފުރިހަމަ އެއްބާރުލުން ދިވެހިރާއްޖެއަށް އަބަދުވެސް ލިބެމުންދާނެކަމުގެ ޔަޤީންކަން އެކަމަނާގެ ވާހަކަ ފުޅުގައި ވަނީ ދެއްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ