
ސައުދީ އަރަބިއްޔާ އާއެކު އިސްލާމީ އާދަކާދަތަކުގެ ގުޅުން އިތުރަށް ބަދަހިވެއްޖެ: ނައިބްރައީސް ހުސެއިން މުޙައްމަދު
ސައުދީ އަރަބިއްޔާ އާއެކު އިސްލާމީ އާދަކާދަތަކުގެ ގުޅުން އިތުރަށް ބަދަހިވެއްޖެ: ނައިބްރައީސް ހުސެއިން މުޙައްމަދު
ލިޔުން:
ސައުދީ އަރަބިއްޔާ އާއެކު އިސްލާމީ އާދަކާދަތަކުގެ ގުޅުން އިތުރަށް ބަދަހިވެއްޖެކަމަށާއި، އެ ގުޅުން އިތުރަށް ބަދަހިވީ ރައީސް ޑރ.މުއިއްޒު އިސްނަންގަވައިގެން ކުރައްވަމުންގެންދަވާ މަސައްކަތުގެ ތެރެއިންކަމަށް ދިވެހިރާއްޖޭގެ ނައިބްރައީސް ހުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ސައުދީ އަރަބިއްޔާގެ 94 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ވިނާ ނައުޓިކާ ރިސޯތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބްރައީސް ވަނީ އާންމު އިސްލާމީ އާދަކާދަތަކުގެ މައްޗަށް ބިނާވެފައިވާ ދެ ޤައުމުގެ ގާތް ގުޅުމަށް އަލިއަޅުއްވާލައްވާފައެވެ. އަދި އެ ގުޅުން އިތުރަށް ބަދަހިވެފައިވަނީ މައިގަނޑު ގޮތެއްގައި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްކޮށް ހުންނަވައިގެން ދޭދޭ ގުޅުން ބަދަހިކުރުމަށް މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން ކަމަށް ވަނީ ވިދާޅުވެފައެވެ.
އެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ނިމިދިޔަ ޙައްޖު މޫސުމުގައި ދިވެހި ޙައްޖާޖީންނަށް ސައުދީއިން ބެހެއްޓި އޯގާތެރިކަމާއި އަދާކުރި މެހުމާންދާރީ ފާހަގަކޮށް އެކަމަށްޓަކައި ސައުދީ ސަރުކާރަށް ޝުކުރުއަދާކޮށްފައެވެ. އަދި ސައުދީ ފަންޑް ފޮރ ޑިވަލޮޕްމަންޓް މެދުވެރިކޮށް ރާއްޖެއަށް ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް އެކަމަށްޓަކައިވެސް ނައިބު ރައީސް ވަނީ އެ ޤައުމަށް ޝުކުރު އަދާކުރައްވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
