
މަރަދޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގުދަނެއް އަނދާ ހުލިވެއްޖެ
މަރަދޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގުދަނެއް އަނދާ ހުލިވެއްޖެ
ލިޔުން:
އައްޑޫ ސިޓީ މަރަދޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގުދަނެއް އަނދާ ހުލިވެއްޖެ އެވެ.
މި ހާދިސާ ހިނގާފާވަނީ މިއަދު ފަތިހުގެ ވަގުތެއްގަ އެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ އައްޑޫ ސިޓީ މަރަދޫގައި ހުންނަ، އެތުމާގޭގައި ވިޔަފާރިކުރުމަށް ހަދާފައިވާ ގާޑިޔަލެއްގެ އިތުރުން އެއާ އިންވެގެން ހުރި ގުދަނެއްގައި ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.
އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭކަމުގެ ރިޕޯޓު އެމްއެންޑީއެފަށް ލިބުނީ މިއަދު ފަތިހު 5:46 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަދި ހިތަދޫ ފަޔަ ސްޓޭޝަނަށް ރިޕޯޓު ލިބުމާއެކު އެ ފަޔަ ސްޓޭޝަންގެ ފަޔަ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
ހިތަދޫ ފަޔަ ސްޓޭޝަންގެ ފަޔަ ފައިޓަރުންގެ މަސައްކަތަކުން އަލިފާން ނިއްވާލެވުނީ މިއަދު ހެނދުނު 6:45 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
