މާލެ: 31°C

ކާށިދޫގައި ފުލުސް މީހާ މަރާލިކަންސާބިތުވެ ސަމާހު މެރުމަށް ކޮށްފައިވާ ހުކުމް 12 އަހަރު ފަހުން ބާތިލްކޮށްފި

ކާށިދޫގައި ފުލުސް މީހާ މަރާލިކަންސާބިތުވެ ސަމާހު މެރުމަށް ކޮށްފައިވާ ހުކުމް 12 އަހަރު ފަހުން ބާތިލްކޮށްފި
September 23, 2024
2 ފަހަރު ބަލާފައި
ކާށިދޫގައި ފުލުސް މީހާ މަރާލިކަންސާބިތުވެ ސަމާހު މެރުމަށް ކޮށްފައިވާ ހުކުމް 12 އަހަރު ފަހުން ބާތިލްކޮށްފި

މުހައްމަދު ސަމާހު ކާށިދޫގައި ފުލުހަކަށް ހަމަލާދީ މަރާލި މައްސަލާގައި މެރުމަށް ކޮށްފައިވާ ހުކުމް ބާތިލްކޮށް، އެ މައްސަލަ ދަށު ކޯޓުން އަލުން ބަލުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

2012 ވަނަ އަހަރުގެ ޖުލައިމަހުގެތެރޭގައި އާދަމް ހަލީމު ފުލުހުންގެ ޑިއުޓީއަށް ދަނިކޮށް ކ.ކާށިދޫ ސުވާސާގޭ މުޙައްމަދު ސަމާހު ވަޅިން ހަމަލާދީ މަރާލި މައްސަލާގައި މުޙައްމަދު ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ސަމާހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލާގައި ހައިކޯޓުންވެސް ވަނީ ކުރިމިނަލްކޯޓުގެ ހުކުމް ދަމަހައްޓާފައެވެ.

ނަމަވެސް ސަމާހުގެ ފަރާތުން ހައިކޯޓުގެ އެ ނިންމުން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލާގައި ސްޕްރީމް ކޯޓުން މިއަދުވަނީ ނިޔާ ކަނޑައަޅުއްވާފައެވެ. ސްޕްރީމް ކޯޓުން ނިންމާފައިވަނީ އެމައްސަލާގައި ކުރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ބާތިލުކުރުމަށްފަހު އެ މައްސަލަ ކުރިމިނަލްކޯޓުން އަލުން ބެލުމަށެވެ.

ހުކުމް އިއްވަވަމުން ސްޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވި ގޮތުގައި ސަމާހު ދަށު ކޯޓުގައި ކުށަށް އިއުތިރާފްވުމުން އޭނާއާ ދެކޮޅަށް އިތުރު އެއްވެސް ހެއްކެއް ހޯދަން ފުލުހުން މަސައްކަތް ކޮށްފައިނުވާކަމަށާއި، ނަމަވެސް އެ އިއުތިރާފް ސަމާހު ފަހުން އަނބުރާ ގެންގޮސްފައި ވާއިރު، އެއަށް ބާރު ދޭނެ އިތުރު އެއްވެސް ހެއްކެއް ނެތް ކަމަށާއި އެހެންކަމުން އެ ހާލަތުގައި އޭނާގެ އިއުތިރާފްގެ ބަޔާން ބައިބައިކޮށްގެން ކުށް ސާބިތުވާނެ ކަމަށް ނުނިންމޭނެ ކަމަށެވެ. އެހެންކަމުން އާދަމް ހަލީމު މެރިކަމަށް ސަމާހު އެއްބަސްވީ ފުލުހުން ބިރު ދައްކައިގެން ކަމަށް އޭނާ ބުނެފައިވާތީ، ސަމާހު ވެފައިވާ އިއުތިރާފްގެ ބޭރުން އިތުރު ހެއްކެއް ހުރިތޯ ބެލުމަށް ފަހު އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް ފޮނުވަން ޖެހޭ ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަދުވަނީ ހުކުމް ކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ