މާލެ: 31°C

ބިދޭސީންގެ ފީ ނުދައްކައިގެން 7000އަށްވުރެ ގިނަ ފަރާތަށް ފިޔަވަޅު އަޅައިފި

ބިދޭސީންގެ ފީ ނުދައްކައިގެން 7000އަށްވުރެ ގިނަ ފަރާތަށް ފިޔަވަޅު އަޅައިފި
September 22, 2024
2 ފަހަރު ބަލާފައި
ބިދޭސީންގެ ފީ ނުދައްކައިގެން 7000އަށްވުރެ ގިނަ ފަރާތަށް ފިޔަވަޅު އަޅައިފި
ބިދޭސީންނާ ގުޅޭ އެއްވެސް ޖޫރިމަނާއެއް ނުދައްކާ 7،501 ފަރާތަކަށް އެކްސްޕެޓް ސިސްޓަމަށް ނުވަދެވޭ ގޮތަށް ބްލޮކްކޮށްފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހީމް ވިދާޅުވެއްޖެ އެވެ. ހޯމްލޭންޑް މިނިސްޓްރީން މިކަން ހާމަކޮށްފައިވާއިރު، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ވަޒީފާދޭ ފަރާތުން ދައުލަތަށް ދައްކަން ޖެހޭ ފީތަކާއި ޖޫރިމަނާގެ އަދަދު 100،000 ރުފިޔާއަށް ވުރެ މަދު ނަމަ، އެ ފަރާތްތަކަށް ފައިސާ ދައްކާ ހަލާސް ކުރުމަށް ދެ ހަފުތާގެ މުއްދަތެއް ދީފައި ވަނީ މި މަހުގެ ދެ ވަނަ ދުވަހު އެވެ. މި މުއްދަތުގައި ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓު އާންމުކޮށް އިއުލާނުކޮށް، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެ ފަރާތްތައް ސަސްޕެންޑް ކުރާނެ ކަމަށް އެ މިނިސްޓްރީން މީގެކުރިން ވަނީ ބުނެފަ އެވެ. މަޖީދު ވިދާޅުވީ އެންމެ ބޮޑު އަދަދެއް ދައްކަން ޖެހޭ ފަރާތުން 23.2 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ. އެ އަދަދަށް ފައިސާ ދެއްކުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އެއް އަހަރު ދުވަހަށް ބަހާލައިގެން ފައިސާ ދައްކަން މިހާތަނަށް 3،692 ފަރާތަކުން އެދިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. ވިދާޅުވި ގޮތުގައި ބިދޭސީންނާ ގުޅޭ އެއްވެސް ޖޫރިމަނާއެއް ނުދައްކާ 7،501 ފަރާތަކަށް އެކްސްޕެޓް ސިސްޓަމަށް ނުވަދެވޭ ގޮތަށް މިހާރު ބްލޮކްކޮށްފައިވާ ކަމުގަ އެވެ. އެގޮތަށް ނިންމީ ފީތައް ނުދައްކާތީ ކަމުގަ އެވެ. އެހެންނަމަވެސް ޕޭމަންޓްތައް ކްލިއާ ކުރުމުން އެ ފަރާތްތަކަށް އަލުން އެ ސިސްޓަމް ބޭނުން ކުރެވޭނެކަން ފާހަގަކުރެއްވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ