މާލެ: 31°C

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް 2024 ގައި ރާއްޖެއަށް 30 އެވޯޑް

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް 2024 ގައި ރާއްޖެއަށް 30 އެވޯޑް
September 22, 2024
2 ފަހަރު ބަލާފައި
ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް 2024 ގައި ރާއްޖެއަށް 30 އެވޯޑް
ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް 2024 ގައި 30 އެވޯޑެއް ރާއްޖެ ހާސިލުކޮށްފިއެވެ. ހުކުރު ދުވަހުރޭ ނޭޕާލްގެ ކަތަމަންޑޫގައި ބޭއްވި ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް 2024 ހަފްލާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެކި ފަރާތްތަކަށް 15 ގޯލްޑް އެވޯޑާއި، 14 ސިލްވަ އެވޯޑާއި ވިޒިޓާސް ޗޮއިސް އެވޯޑްސްގެ ލީޑިންގ ބީޗް ޑެސްޓިނޭޝަން އެވޯޑް ލިބިފައެވެ. ނޭޕާލް ޓޫރިޒަމް ބޯޑާއި ޓެލްސް އެސޯސިއޭޝަން އޮފް ނޭޕާލް ގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ އެވޯޑް ހަފްލާގައި ރާއްޖެއަށް ވަނީ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ ވިޒިޓާސް ޗޮއިސް އެވޯޑްސްގެ ލީޑިންގ ބީޗް ޑެސްޓިނޭޝަންގެ އެވޯޑް ލިބިފައެވެ. ސައުތު އޭސިއަން ޓްރެވަލް އެވޯޑްސް އަކީ ސައުތު އޭޝިއާގެ ހޮސްޕިޓާލިޓީ އަދި ޓްރެވަލް އިންޑަސްޓްރީގެ ފަރާތްތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ އެވޯޑް ރަސްމިއްޔާތެކެވެ.މި އެވޯޑް ރަސްމިއްޔާތު ބާއަވަން ފެށިފަހުން 2016، 2017 އަދި 2023ވަނަ އަހަރު ވެސް ލީޑިންގ ބީޗް ޑެސްޓިނޭޝަންގެ އެވޯޑް ރާއްޖެއަށް ވަނީ ލިބިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ