
އާ ބާވަތެއްގެ މަހެއް ރަތް ކަނޑުން ފެނިއްޖެ
އާ ބާވަތެއްގެ މަހެއް ރަތް ކަނޑުން ފެނިއްޖެ
ލިޔުން:
ސައިންސްވެރިން "ގްރަމްޕީ" ގެ ގޮތުގައި ސިފަކުރާ އާ ބާވަތެއްގެ މަހެއް އަރަބި ރަތް ކަނޑުން ފެނިއްޖެ އެވެ.
މުރަކަ ފަރުތަކާއި ކުދިކުދި ހޮޅިތަކާއި ފަޅުތަކުގައި ދިރިއުޅޭ މި އާއިލާގެ މަހަށް ކިޔާ ސައިންޓިފިކު ނަމަކީ ސުއެވިއޯޓާ އެތޯންގެ އެވެ.
ސައިންސްވެރިންނަށް ރައްކަނޑުން ފެނުނު މި މަހަށް ކިޔާފައިވާ ނަމަކީ "ގްރަމްޕީ ޑްވާފްގޯބީ" އެވެ. މިދިޔަ ހަފްތާގައި ޝާއިރުކޮށްފައިވާ ސައިންސްވެރިންގެ ދިރާސާ ރިޕޯޓެއްގައި ވަނީ އެމަހަށް "ގްރަމްޕީ ޑްވާފްގޯބީ" ގެ ނަން ދީފައިވަނީ އެމަހުގެ މޫނުމަތިން ފެންނަ ރުޅިވެރި ސިފައިގެ ސަބަބުން ކަމަށެވެ.
ދިރާސާ ރިޕޯޓް ގައިވާގޮތުން އެމަހުގެ ނަމުގެ ބައެއްގެ ގޮތުގައި "ޑްވާފް" ހިމަނާފައިވަނީ އެމަހުގެ ސައިޒަކީ 2 ސެންޓިމީޓަރަށް ވެފައި އެމަހުގެ އާއިލާ ނިސްބަތްވަތްވަނީ "ގޯބީ" އާއިލާއަށް ކަމަށްވާތީއެވެ.
މި މަހާގުޅޭ ރިޕޯޓް ޕެންސޮފްޓްގެ ޒޫކީސް ޖާނަލްގައި ޝާއިއުކޮށްފައިވަނީ ކިންގް އަބްދުالله ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ އާއި ޔުނިވާސިޓީ އޮފް ވޮޝިންޓަންގެ ސައިންސްވެރިންގެ ޓީމަކުންވަނީ ގްރަމްޕީ ޑްވާފްގޯބީ އާގުޅޭ ދިރާސާއެއްކުރުމަށްފަހުއެވެ.
ފުރަތަމަ އެބާވަތުގެ މަހެއް ފެނުނީ ސައުދީ އަރަބިއްޔާގެ ފަރަސަން އައްސޭރިން ކަމަށާއި ފަހުން ރަތް ކަނޑުގެ ތުވާލް ކައިރިން އިތުރު މަސްތަކެއް ފެނިފައިވާ ކަމަށް އެރިޕޯޓް ގައި ވެއެވެ.
ކޮރަލް ރީފް މަހުގެ ތަފާތުކަން ދެނެގަތުމުގެ ޑައިވިން އެކްސްޕެޑިޝަނެއްގެ ތެރެއިން އެންމެ ފުރަތަމަ އެތަކެތި ފެނުނީ ރިސާޗަރު ވިކްޓާ ނޫނަސް ޕެއިން ކިޔާ ސައިންޓިސްޓަކަށެވެ. އެ މަސް ފެނުމާއެކު ސައިންސްވެރިން އެންމެ ފުރަތަމަ ހީކުރީ އެ މަހަކީ 1972 ވަނަ އަހަރު ފެނުނު ޑްވާފްގޯބީގެ ބާވަތެއް ކަމަށެވެ. ނަމަވެސް އެމަހުގެ މޫނުމަތީގެ އެޕިއަރެންސްގެ ސަބަބުން އެ މަހަކީ މުޅިން އާ މަގހެއްކަން އެނގުނު ކަމަށާއި، އެހެންކަމުން އެއީ ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތެއް ގެ މަހެއްކަމަށް ބެލެވޭކަމަށްވެސް ހާމަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
