މާލެ: 31°C

ތިނަދޫ ސިޓީގައި މެންބަރު ސައުދުގެ އޮފީހެއް ހުޅުވައިފި

ތިނަދޫ ސިޓީގައި މެންބަރު ސައުދުގެ އޮފީހެއް ހުޅުވައިފި
September 22, 2024
2 ފަހަރު ބަލާފައި
ތިނަދޫ ސިޓީގައި މެންބަރު ސައުދުގެ އޮފީހެއް ހުޅުވައިފި
ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށް ހާއްސަކޮށްގެން އެ ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ގެ އޮފީހެއް ތިނަދޫގައި ހުޅުވައިފިއެވެ. މެންބަރު ސައުދާއި ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުން ގުޅުވައިދޭ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މެންބަރު ސައުދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ ވައުދާ އެއްގޮތައް ތިނަދޫ ސިޓީގެ ޓާޝަރީ ހޮސްޕިޓަލާއި، ކާޑެއްދޫ އާއި ތިނަދޫ ގުޅުވައިދޭ ބްރިޖް ހަގީގަތަކަށް ހެދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށާއި، އަދި ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ އަޑު މަޖިލިހުގައި ކެނޑިނޭޅި އިއްވަވަމުން ގެންދަވާނެކަމަށެވެ. އެގޮތުން މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް ޑރ. މުއިއްޒު ތިނަދު އަށް ވެވަޑައިގެންނެވި އެންމެ ބޮޑު 2 ވައުދަކީ ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރުމާއި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުން ކަމަށެވެ. އެވައުދާ އެއްގޮތައް އެ ދެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ސައުދުﷲ ވިދާޅުވިއެވެ. ނަމަވެސް އިގްތިސާދީ ހާލަތުގެ ސަބަބުން ޕްރޮޖެކްޓްތައް ހިންގުމަށް ދަތިތަކެއް ހުރިކަން ފާހަގަކޮށް ސައުދު ވިދާޅުވީ އާ ތަނެއްގައި ހޮސްޕިޓަލް އެޅުމަށް ދަތިތަކެއް ހުރުމާއެކު ހެލްތު މިނިސްޓްރީ އާއި ރައީސް އޮފީހުން މަސައްކަތް ކުރަނީ މިހާރުގެ ހޮސްޕިޓަލް ހުރި ތަނުގައި އާ އިމާރާތެއް އަޅައިގެން ޓާޝަރީ ފެންވަރަށް އެ ހޮސްޕިޓަލް ބަދަލުކުރުމަށްކަމަށެވެ. އަދި ކާޑެއްދޫ އެއާޕޯޓު ވެސް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުއިއްޒު ދެއްވާފައިވާކަމަށް ވެސް މެންބަރު ސައުދު ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ