މާލެ: 31°C

ކަޅުހުރާގެ ބަލާ ފާސްކޮށް ބައެއް ބިދޭސީން އަތުލައިގަނެފި

ކަޅުހުރާގެ ބަލާ ފާސްކޮށް ބައެއް ބިދޭސީން އަތުލައިގަނެފި
September 22, 2024
2 ފަހަރު ބަލާފައި
ކަޅުހުރާގެ ބަލާ ފާސްކޮށް ބައެއް ބިދޭސީން އަތުލައިގަނެފި

އާންމު ސަލާމަތަށް ނުރައްކާވާ ގޮތަށް ބިދޭސިީން އުޅެމުންދިޔަ ހ. ކަޅުހުރާގެ ބަލައި ފާސްކޮށް 9 ބިދޭސީއަކު އަތުލައިގެންފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ އާންމު ސަލާމަތަށް ނުރައްކާވާ ގޮތަށް ބިދޭސީން އުޅެމުން ދިޔަ ތަނެއްގެ މައުލޫމާތު ލިބުމާ ގުޅިގެން ހ. ކަޅުހުރާގެ ބަލައި ފާސްކޮފައިވާ ކަމަށެވެ.

އިމިގްރޭޝަން އޮފިސަރުން އެތަން ދިޔައިރު އެތަނަކީ އާންމު ސަލާމަތަށް ނުރައްކާވާ ގޮތަށް މީހުން ދިރިއުޅެމުންދިޔަ އެކޮމަޑޭޝަން ބޮލޮކެއް ކަން އެނގުނު ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ. އެ އިދާރާ އިން ބުނީ އެތަނުގައި އުޅުނު މީހުންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅުނު ނުވަ ބިދޭސީ އަކާއި ވަޒީފާ ދިން މީހާއާއި ފިލައިގެން އުޅުނު ހަ ބިދޭސީ އަކު އެތަނުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ސިލްސިލާ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދާއިރު ދާދި ފަހުން އިމިގްރޭޝަން އޮފިސަރަކަށް ވެގެން ބިދޭސީން އުޅޭ ތަނަކަށް ބަޔަކު ވަދެ ބިދޭސީއެއްގެ އަތުން ފޭރުމުގެ އަމަލެއްވެސް ހިންގާފައިވެ އެވެ. މިކަމާ ގުޅިގެން އިމިގްރޭޝަނުން ވަނީ އެ އިދާރާ އިން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި އޮފިސަރުން އުޅޭނީ ޔުނިފޯމުގައި އަދި ފާސް އަޅައިން ކަމަށް ބުނެ އާންމުން ސަމާލުވުމަށްވެސް އިލްތިމާސްކޮށްފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ