މާލެ: 31°C

ތަރައްގީގެ ފުރިހަމަ މިލްކުވެރިކަން ސިޑްސްގެ ގައުމުތަކުން ނެގުމަށްޓަކައި އުފެއްދުންތެރިކަމުގެ ޤާބިލުކަން އިތުރުކުރަންޖެހޭ: ރައީސް ޑރ.މުއިއްޒު

ތަރައްގީގެ ފުރިހަމަ މިލްކުވެރިކަން ސިޑްސްގެ ގައުމުތަކުން ނެގުމަށްޓަކައި އުފެއްދުންތެރިކަމުގެ ޤާބިލުކަން އިތުރުކުރަންޖެހޭ: ރައީސް ޑރ.މުއިއްޒު
September 21, 2024
2 ފަހަރު ބަލާފައި
ތަރައްގީގެ ފުރިހަމަ މިލްކުވެރިކަން ސިޑްސްގެ ގައުމުތަކުން ނެގުމަށްޓަކައި އުފެއްދުންތެރިކަމުގެ ޤާބިލުކަން އިތުރުކުރަންޖެހޭ: ރައީސް ޑރ.މުއިއްޒު

ކުދި ގައުމުތަކުގެ އިގްތިސާތު ޑައިވާސިފައިކުރުމަށް  މާލީ އެހީތެރިކަން ބޭނުންވާކަމަށާއި، ތަރައްގީގެ ފުރިހަމަ މިލްކުވެރިކަން ސިޑްސްގެ ގައުމުތަކުން ނެގުމަށްޓަކައި އުފެއްދުންތެރިކަމުގެ ޤާބިލުކަން އިތުރުކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އދ.ގެ އާއްމު މަޖިލީހުގެ ބައްދަލުވުމުގައި ވެރިވުމަށާއި ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ސަމިޓްގައި ބައިވެރިވުމަށް އެމެރިކާއަށް މިއަދު ވަޑައިގެން ސިޑް ސަމިޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ.މުއިއްޒް ވިދާޅުވީ ކުދި ގައުމު ތަކުގެ ކުރިއެރުމަށްޓަކައި އެހީތެރިކަން ބޭނުންކަމަށާއި ކޮވިޑަށްފަހު ކުދި ގައުމުތަކުގެ އިގްތިސާދު ކުރިއެރުވުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަން ފާހަގަކުރެވިއެވެ.
އެގޮތުން ސިިޑްސްގެ ގައުމުތަކުގެ 40 ޕަސެންޓު މިހާރު ވެސް އޮތީ ދަރަނީގެ ދަތިކަމުގެ ތެރޭގައިކަމަށާއި ރާއްޖެއެކޭ އެއްފަދައިން ގިނަ ގައުމުތަކަށް ވެސް ވަނީ ދަރަނީގެ ޖީޑީޕީގެ ނިސްބަތް ވަނީ 100 ޕަސެންޓަށްވުރެ މަތިވެފައިކަމަށާއި، އެކަމަކީ ވަގުތުން ފިޔަވަޅު އަޅަންޖެހޭފަދަ ހާލަތެއްކަމަށެވެ.
އަދި ރައީސްގެ ތަގްރީރުގައި ސިޑްސްގެ ޤައުމުތަކަށް ކުރިމަތިވެދާނެ ބޭރުގެ ލޮޅުންތައް ކުޑަކޮށް މާލީ ހަމަޖެހުން ކުޑަކުރުމަށްޓައި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ސްޕެޝަލް ޑްރޮވިންގ ރައިޓްސް އަލުން އެކަށައެޅުމަށް ރައީސްގެ ތަގްރީރްގައި ވަނީ ހުށަހަޅުއްވާފައެވެ.
އެގޮތުން މަލްޓިލެޓްރަލް ޑިވެލޮޕްމަންޓް ބޭންކުތަކާއި ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއެކު ގާތް ގުޅުމެއް ބޭއްވުމުގެ ތެރެއިން އިތުރު އިންވެސްޓްމަންޓްތަކާއި އިޤްތިޞާދީ އެކިއެކި ފުރުސަތުތައް ހޯދުމުގެ މުހިންމުކަމުގެ މައްޗަށް ތަގްރީރްގައި އަލިއަޅުވާލައްވާފައިވެއެވެ.

އަދި ރައީސްގެ ވާހަކަ ފުޅުގައި  ދަރަނީގެ ބުރަ ލުއިކުރުމާއި ކްލައިމެޓް ފައިނޭންސާ އޮންނަ ގުޅުން ބޮޑުކޮށް ޑީއެސްއެސްއެސްގެ މުހިންމު އަމާޒަކަށް ވާންޖެހޭނީ އިންޓަރެސްޓް ރޭޓް ދަށްކޮށް، ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކޮށް، މާލީ ބުރަ ލުއިކުރުމަށްޓައި ދަރަނި ރީސްޓްރަކްޗާ ކުރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސިޑްސް ގެ ގައުމުތަކުގެ ތަރައްގީގެ ދަތުރުގެ ފުރިހަމަ މިލްކުވެރިކަން ސިޑްސްގެ ގައުމުތަކުން ނެގުމަށްޓަކައި ހަރުދަނާ މުއައްސަސާތައް ބިނާކޮށް، އުފެއްދުންތެރިކަމުގެ ޤާބިލުކަން އިތުރުކޮށް، މުޖުތަމަޢު ބާރުވެރިކުރަން ޖެހޭކަމަށް ވެސް ރައީސްގެ ތަގުރީރުގައި ވަނީ ގޮވާލައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ