މާރާމާރީ ހިނގުމަށް ފަހު ފިލައިގެން ރާއްޖެއިން ބޭރުގައި އުޅުމަށްފަހު ރާއްޖެ އައުމުން ތިންމީހުން ހައްޔަރުކޮށްފި

މާރާމާރީ ހިނގުމަށް ފަހު ފިލައިގެން ރާއްޖެއިން ބޭރުގައި އުޅުމަށްފަހު ރާއްޖެ އައުމުން ތިންމީހުން ހައްޔަރުކޮށްފި
ލިޔުން:
މާރާމާރީ ހިންގުމަށްފަހު އަހަރެއް ވަންދެން ފިލައިގެން އުޅުނު ބަޔަކު ރާއްޖެ އައުމުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހު މާލޭގައި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާ މައްސަލައަކާ ގުޅިގެން ހައްޔަރުކުރީ 3 ދިވެހިން ކަމަށެވެ. އެއީ މ. މަސްކޮތަން އުމުރުން 19 އަހަރުގެ މުޙައްމަދު ސިބްޠް ޢަބްދުﷲ އާއި ހ. ދޮންތުނޑި އުމުރުން 26 އަހަރުގެ މުޙައްމަދު އަޙްސަމް އަދި ލ. ގަން/ މުކުރިމަގު އުމުރުން 28 އަހަރުގެ އަސްވާނު މުޙައްމަދުއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި ތިން މީހުން ވަނީ މާރާމާރީ ހިންގުމަށްފަހު ރާއްޖޭން ބޭރަށް ފިލައިގެން ގޮސްފައެވެ. އަދި އެ މީހުން އަތުލައިގެންފައިވަނީ ތައިލެންޑުން ޑިޕޯޓުކޮށްލުމާ ގުޅިގެން މި މަހުގެ 18 އަދި 19 ވަނަ ދުވަހު ރާއްޖެ އައުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ކަމަށް ފުލުހުން ވިދާޅުވެއެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަސްވާން މުޙައްމަދު ބަންދުން ދޫކޮށްލަން އަމުރުކޮށްފައިވާ ކަމަށާއި މުޙައްމަދު ސިބްޠް ޢަބްދުﷲ އަދި މުޙައްމަދު އަޙްސަމް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
