މާލެ: 31°C

އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް

އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް
September 21, 2024
2 ފަހަރު ބަލާފައި
އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް

ހއ. އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް ހެދުމަށް އިހަވަންދޫ ކައުންސިލާ އެކު އެމްޕީއެލް އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެެވެ.

އިހަވަންދޫގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެރަށު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަހްމަދު ސަބާހް އެވެ. އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް އެވެ. 

މިރަސްމިއްޔާތުގައި ވަޖީހް ވިދާޅުވީ އިހަވަންދޫ ޑޮކްޔާޑާއި ސްލިޕްވޭއަކީ އުުތުރުގައި އެމްޕީއެލް އިން ދޭން ނިންމާފައިވާ މެރިޓައިމްގެ ހިދުމަތްތަކުގެ މުހިއްމު ވަސީލަތްތަކަކަށްވާތީ މިމަސައްކަތްތައް ވީހާވެސް އަވަހަށް ފަށާނެ ކަމަށެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް ސަބާހް ވިދާޅުވީ އެ ރަށުގައި ޑޮކްޔާޑާއި ސްލިޕްވޭއެއް ހެދުމަކީ ރަށަށް ލިބޭ އިތުރު ކުރިއެރުމެއް ކަމަށް ދެކޭ ކަމަށެވެ. އަދި މިމަސައްކަތުގެ ތެރެއިން އިހަވަންދޫގެ ބައެއް މީހުންނަށް ވަޒީފާ ލިބިގެން ދިއުމަކީ ހިތްހަމަޖެހުމެއް ކަމަށްވެސް ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ