ވިޓޯލްގެ މެނޭޖިން ޑިރެކްޓަރު ރިޝަބް ބަލް ވިދާޅުވީ ރާއްޖެ އޮތީ ވަރަށް މުހިންމު ޝިޕިން ލޭންގެ ސަރަހައްދެއްގައި ކަމަށާއި އެހެންވެ އެއިން ރާއްޖެއަށް ފައިދާ ނެގެން އެބައޮތް ކަމަށެވެ.
އަދި ބަންކަރިންގެ ހިިދުމަތް ދެވޭނީވެސް ޝިޕިން ލޭންއަކާ ވަރަށް ކައިރީގައި އޮވެގެން ކަަމަށް އޭނާ ވިދާޅުވި އެވެ. އޭގެ މިސާލެއްގެ ގޮތުގައި ނެދެލެންޑްސްގެ ރޮޓަޑާމްއާއި ސިންގަޕޫރު ފަދަ ތަންތަން ފާހަގަ ކުރެއްވި އެވެ. ރިޝަބް ވިދާޅުވީ ރާއްޖޭގެ މައިގަނޑު އަމާޒަކީ ބައިނަލްއަގުވާމީ ޕޯޓެއް ގާއިމުކުރުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންވެ މިއީ އެ އަމާޒަށް ދިއުމަށް ވަރަށް ރަނގަޅު ފެށުމެއް ކަމަށް ވެސް ރިޝަބް ވިދާޅުވި އެވެ ހަމަ އެހެންމެ ދުނިޔޭގެ މަޝްހޫރު ޕޯޓުތަކުގައިވެސް ބަންކަރިންގެ ހިދުމަތް ދެމުންދާތީއާއެކު ލިބިފައިވާ ތަޖުރިބާއާއެކު ރާއްޖޭގައި ބަންކަރިންގެ ހިދުމަތް ދޭ މިންވަރު އިތުރުކުރޭވޭނެ ގޮތްތައް އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ ހަމައެކަނި ބަންކަރިންގެ ހިދުމަތް ކާމިޔާބު ހިދުމަތަކަށް ވަނީ ހަމައެކަނި އަގަށް އެކަނި ނޫން ކަމަށާއި އަދި އެތަކެއް ކަމެއް ހިމެނޭ ކަމަށެވެ. އަދި އަހަރުގެ ކޮންމެ ދުވަސް ވަރަކުވެސް އެ ހިދުމަތް ދިނުމަށް ރާއްޖޭގެ މޫސުން ތަންދޭތީ އެ ހިދުމަތް ހޯދަން ބޭނުންވާ މީހުންނަށް ކޮންމެ ދުވަސް ވަރަކުވެސް ހިދުމަތް ލިބޭނެ ކަމަށެވެ.ބަންކަރިންގެ ޚިދުމަތް ފެށުމަކީ ބައިނަލްއަގުވާމީ ޕޯޓަކާ ދިމާލަށް އެޅުނު ރަނގަޅު ފެށުމެއް: ވިޓޯލް

ބަންކަރިންގެ ޚިދުމަތް ފެށުމަކީ ބައިނަލްއަގުވާމީ ޕޯޓަކާ ދިމާލަށް އެޅުނު ރަނގަޅު ފެށުމެއް: ވިޓޯލް
ލިޔުން:
ރާއްޖޭގެ އެންމެ އުތުރުގައިވާ އިހަވަންދިއްޕޮޅުގައި މިއަދު ފެށި ބަންކަރިންގެ ހިދުމަތަކީ ބައިނަލްއަގުވާމީ ޕޯޓަކާ ދިމާލަށް އެޅުނު ރަނގަޅު ފެށުމެއް ކަމަށް އެ މަސައްކަތުގައި އެސްޓީއޯއާއެކު ޕާޓްނާޝިޕް ހެދި ދުނިޔޭގެ ހަކަތައިގެ ވިޔަފާރީގައި އެންމެ ބޮޑު ކުންފުނި، ވިޓޯލް އިން ބުނެފި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
