
އދ ގެ ސަލާމަތީ މަޖިލީހުގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ރައީސްއަކު ތަޤުރީރުކުރައްވަނީ
އދ ގެ ސަލާމަތީ މަޖިލީހުގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ރައީސްއަކު ތަޤުރީރުކުރައްވަނީ
ލިޔުން:
އދ ގެ ސަލާމަތީ މަޖިލީހުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ،މުޙައްމަދު މުއިއްޒު ތަޤްރީރުކުރައްވަން ހަމަޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.
އެކަން ހާމަކުރައްވަމުން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އދ ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ތެރއިން ބާއްވާ ޔޫއެން ސެކިއުރިޓީ ކައުންސިލް ޑިބޭޓް ބަހުސްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ހީނާ ވިދާޅުވީ އެ ދަތުރު ފުޅުގެ ތެރެއިން އދ ގެ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްްވުމަށް ހަމަޖެހިފައިވާ ސަމިޓް އޮފް ދަ ފިއުޗަރގައިވެސް ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި، އަދި ޕްރިންސްޓަން ޔުނިވަރސިޓީގެ ދަރިވަރުންނާވެސް ބައްދަލުކުރެއްވުމާއި އދ ގެ ސަލާމަތީ މަޖިލީހުގެ ހާއްސަ އޯޕެން ޑިބޭޓެއްގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވާކަމަށެވެ.
އދ. ގެ ޖެނެރަލް އެސެމްބްލީ އޮންނާނީ ސެޕްޓެމްބަރު 24 ސެޕްޓެމްބަރު 30 ގެ ނިއަލަށެވެ. އަދި ސަމިޓް އޮފް ދަ ފިއުޗަރ އޮންނަނީ ސެޕްޓެމްބަރު 22 އިން 23 ގެ ނިއަލަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
