ސްޓޭޓް ބެންކް އޮފް އިންޑިއާ މެދުވެރިކޮށް ނަގާފައިވާ ޓްރެޝަރީ ބޮންޑަށް ރާއްޖެއިން ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ރޯލްއޯވާ ކުރުމަށް ފަހު އަންނަ އަހަރަށް އެ ދެއްކުން ފަސްކޮށްދީފައިވާކަމަށް އިންޑިއަން ހައިކޮމިށަނުން މިއަދު ހާމަކޮށްފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއިން އެދިލެއްވުމާ ގުޅިގެން މިއަދު ރާއްޖެއިން ދައްކަންޖެހޭ 50 މިލިއަންޑޮލަރު ރޯލް އޮވާ ކޮށްދިނުމަށްފަހު އަންނަ އަހަރަށް އެ ދެއްކުން ފަސްކޮސްދީފައިވާ ކަމަށެވެ. އަދި އެ ބަޔާނުގައި ވަނީ މިއަހަރުގެ މެއި މަހުވެސް އެ މަހު ދައްކަން އޮތް 50 މިލިއަން ޑޮލަރު ރޯލް އޯވާ ކޮށްދީ ފަސްކޮށްދީފައިވާނެ ކަމަށާއި މިފަހަރުވެސް ދިވެހި ރާއްޖޭގެ ހާއްސަ އެދިލެއްވުމަކާ ގުޅިގެން ދިވެހިރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން އަވަސް އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުން އެކަން އެގޮތައް ހަމަޖައްސަވައިދެއްވާފައިވާކަމަށެވެ. https://x.com/HCIMaldives/status/1836765867562180887 އަދިވެސް އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރާއްޖެއަކީ އަވައްޓެރި ގާތް އެކުވެރިއެއް ކަމަށާއި، "ފުރަތަމަ އަވައްޓެރިން" ޕޮލިސީގެ ދަށުން އިންޑިއާއިން އަބަދުވެސް ގެންދަނީ އެވަގުތަކަށް ރާއްޖެއަށް ބޭނުންވާ މުހިއްމު ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން ކަމަށާއި، އެގޮތުން ބަޖެޓް ސަޕޯޓުގެ އިތުރުން މިއަހަރުވާނީ އިންޑިއާގެ އެކްސްޕޯޓް ކޯޓާ ރާއްޖެއަށް އިތުރުކޮށްދީފައި ކަމަށާއި އެކަންކަމަކީ އިންޑިއާއި ރާއްޖެއާ ދެމެދު އޮތް ވަރުގަދަ ގުޅުމުގެ ރަމްޒެއް ކަމަށެވެ.
މިމަހު ދައްކަންޖެހޭ 50 މިލިއަންޑޮލަރު ރޯލްއޯވަރ ކޮށްދިނުމަށްފު ދެއްކުން އަންނަ އަހަރަށް ފަސްކޮށްދީފި
މިމަހު ދައްކަންޖެހޭ 50 މިލިއަންޑޮލަރު ރޯލްއޯވަރ ކޮށްދިނުމަށްފު ދެއްކުން އަންނަ އަހަރަށް ފަސްކޮށްދީފި
ލިޔުން:
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
