މާލެ: 31°C

ހުރިހާ ދިވެހިންނަށް ތަރައްޤީގެ ފައިދާވާ ތަޞައްވުރެއް އަދިވެސް އޮތީ އެމްޑީޕީ ގައި: އަބްދުﷲ ޝާހިދު

ހުރިހާ ދިވެހިންނަށް ތަރައްޤީގެ ފައިދާވާ ތަޞައްވުރެއް އަދިވެސް އޮތީ އެމްޑީޕީ ގައި: އަބްދުﷲ ޝާހިދު
September 19, 2024
2 ފަހަރު ބަލާފައި
ހުރިހާ ދިވެހިންނަށް ތަރައްޤީގެ ފައިދާވާ ތަޞައްވުރެއް އަދިވެސް އޮތީ އެމްޑީޕީ ގައި: އަބްދުﷲ ޝާހިދު
މުޅި ރާއްޖޭގެ ތަރައްޤީގެ ތަޞައްވުރަކާއި، ހުރިހާ ދިވެހިންނަށް ތަރައްޤީގެ ފައިދާވާ ތަޞައްވުރެއް އަދިވެސް އޮތީ އެމްޑީޕީގައިކަމަށް އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު އެކްސް ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ލިޔުއްވާފައިވަނީ ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ރައީސް ސޯލިހުގެ ސަރުކާރުން ފެށީ އުތުރުގެ އަތޮޅުތަކާއި އަދި މުޅި ރާއްޖޭގެ ތަރައްޤީގެ ތަޞައްވުރާއެކު ކަމަށާއި، އެ އެއަރޕޯޓް ތަރައްޤީކޮށް ނިމުމުން ބޮޑު ތިލަދުންމައްޗަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ ސަރަޙައްދީ މަރުކަޒަކަށް ވެގެންދާނެކަމަށެވެ. އަދި އެއީ ބޮޑު ތިލަދުންމައްޗާއި މުޅި އުތުރުގެ ތަރައްޤީގެ މުޅިން އާ ބާބެއްގެ ފެށުން ކަމަށާއި، މުޅި ރާއްޖޭގެ ތަރައްޤީގެ ތަޞައްވުރަކާއި، ހުރިހާ ދިވެހިންނަށް ތަރައްޤީގެ ފައިދާވާ ތަޞައްވުރެއް އަދިވެސް އޮތީ އެމްޑީޕީގައި ކަމަށާއި އެކަމުގައި އެމަނިކުފާނު ބައިވެރިވެ ކުރެވުމުނު މަސައްކަތާމެދު ހިތްހަމަޖެހޭ ކަމަށްވެސް ލިޔުއްވާފައެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ތަރައްގީ ކުރަމުން އަންނަ ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރެވެ. ހަނިމާދޫ އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭ.އެމް.ސީ ކިޔާ ކުންފުންޏަކާއެވެ. އެ އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް އަންނަ އަހަރުގެ މާރޗްމަހަށް މުޅިން ނިންމާލެވޭނޭކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްޤީކޮށް ނިމުމުން އަހަރަކު 1.3 މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދެވޭނޭކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ