މާލެ: 31°C

މެރިޓައިމް ދާއިރާއަކީ ރާއްޖޭގެ އިގްތިސާދަށް ބޮޑު މަންފާއެއް ގެނެސްދޭ ދާއިރާއަކަށް ހެދޭނެ: ވަޖީހު

މެރިޓައިމް ދާއިރާއަކީ ރާއްޖޭގެ އިގްތިސާދަށް ބޮޑު މަންފާއެއް ގެނެސްދޭ ދާއިރާއަކަށް ހެދޭނެ: ވަޖީހު
September 19, 2024
2 ފަހަރު ބަލާފައި
މެރިޓައިމް ދާއިރާއަކީ ރާއްޖޭގެ އިގްތިސާދަށް ބޮޑު މަންފާއެއް ގެނެސްދޭ ދާއިރާއަކަށް ހެދޭނެ: ވަޖީހު

މެރިޓައިމް ދާއިރާއަކީ ރާއްޖޭގެ އިގްތިސާދަށް ބޮޑު މަންފާއެއް ގެނެސްދޭ ދާއިރާއަކަށް މި ފަސް އަހަރުގެ ތެރޭގައި ހަދާނެ ކަމަށް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

ހއ. އުލިގަމުގައި "އުތުރު އައިއެސްޕީއެސް ގޭޓް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، އެ ރަށް އޮންނަ ސަރަހައްދަށް ބޭރުގެ ފަރާތްތަކުން ޒަމާނުއްސުރެ ވެސް ޝައުގުވެރިކަން އޮންނަ ކަމަށެވެ. ވަޖީހު ވިދާޅުވީ، އަހަރެއްގެ ތެރޭގައި އެތައް ސަތޭކަ ޔޮޓެއް އުލިގަން ސަރަހައްދުގައި ބަނދަރު ކުރާ ކަމަށާއި މިދިޔަ ދުވަސްތަކުގައި އެއްވެސް ފަރާތަކުން އަަޅައެއް ނުލާ ކަމަށެވެ.

"މި ފެށޭ މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި އިހަވަންދިއްޕޮޅުގައި މެރިޓައިމް ދާއިރާގެ ވަރަށް ގިނަ މަޝްރޫއުތަކެއް ހިންގާނަން. އުލިގަމުގައި ހިންގާނަން މުހިއްމު ތިން ޕްރޮޖެކްޓެއް. އެއް ކަމަކީ މި ދެންނެވި ޔޮޓުތަކަށް ހާއްސަ މެރީނާއެއް މިތަނުގައި ހަދާނަން،" އޭނާ ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ