
އިމާމުންގެ މަހާސިންތާ ހޮނިހިރު ދުވަހު ބާއްވަނީ
އިމާމުންގެ މަހާސިންތާ ހޮނިހިރު ދުވަހު ބާއްވަނީ
ލިޔުން:
ރާއްޖޭގައި ފުރަތަމަފަހަރަށް ބާއްވާ އިމާމުންގެ މަހާސިންތާ އަންނަ ހޮނިހިރުދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
ރައީސް އޮފީހުގައި ނޫސްވެރިންނާ ބައަދަލުކުރައްވައި ދެއްކެވި ވާހަކާގައި އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އިމާމުން ބިނާކުރުމަށާއި ތަމްރީން ކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ ކަމަށާއި، އެގޮތުން ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ އިމާމުންގެ މަހާސިންތާ މިމަހުގެ 21 ވާ ހޮނިހިރު ދުވަހު ބާއްވަން މިހާރު ހަމަޖައްސަވާފައިވާކަމަށެވެ.
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މަހާސިންތާގައި ފިކުރީ ގޮތުން އިސްލާމީ މުޖުތަމަޢަށް ކުރިމަތިވާ ގޮންޖެހުންތަކާއި މުޖުތަމަޢުގައި އިމާމުންގެ ދައުރާއި އިސްލާމީ އުންމަތް ބިނާކުރުމުގައި މިސްކިތުގެ ދައުރުގެ މައްޗަށް އަލިއަޅުވާލާ އިމާމުން ތަމްރީންކުރެވޭނެ ކަމަށެވެ.
އިމާމުންގެ މަހާސިންތާގައި ދެގޮތަކަށް އިމާމުން ބައިވެރިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މަހާސިންތާއަށް ހާޒިރުވެއާއި އޮންނަލައިންކޮށް ޖުމްލަ 388 އިމާމުން ބައިވެރިވާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
