މާލެ: 31°C

ރާއްޖޭގެ އުތުރުން ދަތުރުކުރާ ބޯޓުފަހަރަށް މެރިޓައިމް ޚިދުމަތް ދިނުމަށް ތައްޔާރު

ރާއްޖޭގެ އުތުރުން ދަތުރުކުރާ ބޯޓުފަހަރަށް މެރިޓައިމް ޚިދުމަތް ދިނުމަށް ތައްޔާރު
September 19, 2024
2 ފަހަރު ބަލާފައި
ރާއްޖޭގެ އުތުރުން ދަތުރުކުރާ ބޯޓުފަހަރަށް މެރިޓައިމް ޚިދުމަތް ދިނުމަށް ތައްޔާރު

ރާއްޖެގެ އުތުރުން ދަތުރުކުރާ ބޯޓުފަހަރަށް ބޭނުންވާ މެރިޓައިމް ޚިދުމަތްތައް ދިނުމަށް އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް އިފްތިތާޙްކޮށްފިއެވެ. މި ގޭޓް އިފްތިތާޙްކޮށްދެއްވީ ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛް އިދުރީސް އާދަމެވެ. ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅަކީ ކޮންމެ ދުވަހަކުވެސް އެތައް ބޯޓުފަހަރެއް ދަތުރުކުރާ ސަރަޙައްދެކެވެ. ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރަށް އަމާން ސަރަޙައްދެކެވެ. މިއީ މެރިޓައިމް ޚިދުމަތްތަކަށް އެންމެ އެކަށީގެންވާ ސަރަޙައްދުކަމަށް އިޤްތިޞާދީ ދާއިރާގެ ބޭފުޅުން ވިދާޅުވެއެވެ. އެގޮތުން އެ ސަރަޙައްދަކީ ކޮންމެ ދުވަހަކުވެސް 200އަށްވުރެ ގިނަ އާގުބޯޓުފަހަރާއި އެނޫންވެސް އެތައް އުޅަނދުތަކެއް ދަތުރުކުރާ ސަރަޙައްދެކެވެ. އެ ބޯޓުފަހަރުގައި އެތައް ބިލިއަން ޑޮލަރުގެ މުދާ ކޮންޓެއިނަރުތަކުގައި މި ސަރަޙައްދުން އުފުލައެވެ. ނަމަވެސް އެ އުޅަނދުތަކަށް ބޭނުންވާ ބަންކަރިން އަދި މެރިޓައިމްގެ ޚިދުމަތްތައް މިހާތަނަށް ދެމުން އައިސްފައިވަނީ ސަރަޙައްދީ ޤައުމުތަކުންނެވެ. ނަމަވެސް ރާއްޖޭގައި މި ޚިދުމަތް ފެށުމަކީ ރާއްޖޭގެ އިޤްތިޞާދަށް އޭގެ މަންފާ ކުރާނެކަމެވެ. ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ބަންކަރިންގެ ޚިދުމަތަކީ އޭގެ އެންމެ މުހިންމު އެ މަސައްކަތެވެ.

އެމްޕީއެލްއާއި އެސްޓީއޯ ގުޅިގެން އުތުރުގައި އޮފް ޝޯ ބަންކަރިން ޚިދުމަތް ދޭއިރު، ބޯޓުތަކަށް ބޭނުންވާ އެހެނިހެން ހުރިހާ ޚިދުމަތެއް ދޭނީ އެމްޕީއެލްއިންނެވެ.

އެމްޕީއެލްއިން މި ޚިދުމަތް ދިނުމަށްޓަކައި މިހާރު އެކަމަށް ހާއްސަ ވެބްސައިޓެއްވެސް ވަނީ ތަޢާރަފްކޮށްފައެވެ. މެރިޓައިމްގެ ޚިދުމަތް ދޭނީ އުލިގަމުގައި ޤާއިމްކޮށްފައިވާ ޕޯޓް ފެސިލިޓީ މެދުވެރިކޮށެވެ. އެގޮތުން އޭޖެންޓު ކޯލްސް ސެންޓަރަށް ގުޅުމުން ޕޯޓް ފެސިލިޓީއާ ގުޅާލެވި ބޯޓަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޯށްދޭނެއެވެ. އެމްޕީއެލުން ބޯޓުތަކަށް ޚިދުމަތް ފޯރުކޮށްދޭނީ ވަށާޖެހޭ ގޮތަށް ސަރުކާރު އެހެން ކުންފުނިތަކާއި ގުޅިގެންކަމަށް އެކުންފުނިން ވިދާޅުވެއެވެ.

މެރިޓައިމް ޚިދުމަތުގެ ތެރެއިން ފޯރުކޮށްދޭނެ ޚިދުމަތްތައް

* ޕައިލޮޓޭޖް ޚިދުމަތް * ޔޮޓް ޑޮކިންގް ސާވިސް * ބޯޓު ކްރިއު ބަދަލު ކުރުމުގެ ޚިދުމަތް * ފެނަކަ ކުންފުންޏާއި ގުޅިގެން ބޯޓުތަކަށް ފެން ފޯރުކޮށްދިނުމުގެ ޚިދުމަތް * ބޯޓުތަކަށް ބޭނުންވާ އެހެނިހެން ސަޕްލައިތައް ފޯރުކޮށްދިނުމުގެ ޚިދުމަތް * ކުޅުދުއްފުށި ޕޯޓު މެދުވެރިކޮށް މެއިންޓެނަންސް ޚިދުމަތް * އެމްޓީސީސީ މެދުވެރިކޮށް އަޑީތެޔޮ ފަދަ ތަކެތި ފޯރުކޮށްދިނުން * ވެމްކޯ މެދުވެރިވެ ބޯޓުތަކުން ކުނި އުކާލުމުގެ ޚިދުމަތް

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ