
ކުނި މެނޭޖުކުރާ ސާމާނު 20 ރަށަކަށް ހަވާލުލޮށްފި
ކުނި މެނޭޖުކުރާ ސާމާނު 20 ރަށަކަށް ހަވާލުލޮށްފި
ލިޔުން:
ގްރޭޓަރ މާލެ އެންވިޔަރަމެންޓަލް އިމްޕްރޫވްމެންޓް އެންޑް ވޭސްޓް މެނޭޖްމެންޓް ޕްރޮޖެކްޓްގެ ދަށުން ކުނި މެނޭޖުކުރަން ބޭނުންކުރާ ވަސީލަތްތަށް ޒޯން 3ގެ 20 ރަށަކަށް އެންވާރުމެންޓް މިނިސްޓްރީން ހަވާލުކޮށްފި އެވެ.
މި ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައި ވަނީ، ސާފު ރާއްޖެ ބިލްޑިންގ ގެ ސެމިނާ ރޫމުގަ އެވެ. އަދި މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އެންވާރުމެންޓް މިނިސްޓްރ ތާރިގް އިބުރާހީމް އެވެ.
މި ވަސީލަތްތަކުގެ ތެރޭގައި ހިމެނެނީ ކުނި އުފުލަން ބޭނުންކުރެވޭ ޑަމްޕްޓްރަކް، ޑަސްބިން އަދި ކުނި ރައްކާތެރި ގޮތުގައި ގުދަން ކުރުމަށް ބޭނުންކުރާނެ ބޭލާ މެށިން އެވެ. އެގޮތުން، 18 ރަށަކަށް ޑަމްޕްޓްރަކް އަދި 15 ރަށަކަށް ބޭލާ މެށިން އެވެ.
މި ތަކެތި އެ ރައްތަކުގެ ކައުންސިލާ ހަވާލު ކޮށްދީފައި ވަނީ އެންވާރުމެންޓް މިނިސްޓަރ ތާރިގް އިބުރާހީމް އެވެ.
މި ރަސްމިއްތާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ކުނި އުފައްދާ މިންވަރު އިންތިހާއަށް އިތުރުވަމުން އަންނަ ކަމަށާއި، ކުންޏަކީ ދިވެހިިރާއްޖޭގެ ތިމާވެއްޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގަ އެވެ.
މިއަދު ހަވާލުކުރެވުނު ވަސީލަތްތަށް ބޭނުންކޮށްގެން ދެމެހެއްޓެނިވި އުސޫލެއްހެ ތެރެއިން ރަށު ފެންވަރުގައި ކުނި މެނޭޖުކުރުމަށްވެސް މިނިސްޓަރ ވަނީ އެ ރަރަށްތަކުގެ ކައުންސިލްތަކަށް އިލްތިމާސްކުރައްވާފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
