އެ މަސައްކަތުގެ ތެރެއިން ރާއްޖޭގައި ތާޒާ ކުރެވުނު އިމާމުންގެ އަދަދު 400 އަށްވުރެ ގިނަ ވެފައި ވާކަމަށްވެސް ޝަހީމް ފާހަގަ ކުރެއްވި އެވެ. އަދި ރާއްޖޭގައި ޒުވާނުންގެ ހަތީބުންގެ ގޮތުގައި ތަމްރީން ކުރެވުނު އަދަދު 240 އަށް ވުރެ މަތިވެއްޖެ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.
އެގޮތުން މިއަހަރުގައި ތިން ބެޖެއް ބޭރަށް ފޮނުވިކަމަށްވެސް ޝަހީމް ވިދާޅުވި އެވެ. އޭގެތެރެއިން ސައުދީ އަރަބިއްޔާ އަށް ދެ ފަހަރެއްގެ މަތިން 20 އިމާމުން ފޮނުވައި ޖުމްލަ 40 އިމާމުން ތަމްރީން ކުރި ކަމަށް ވިދާޅުވި އެވެ. އަދި ބުރޫނާއީ އަށް 20 އިމާމުން ފޮނުވި ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ. މިއަހަރަށް ޝެޓިއުލްކޮށްފައި އޮތީ އިންޑޮނޭޝިއާއި މެލޭޝިއާ އޮތް ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ. މިކަން ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ކުރަންފެށީ ބައެއް ރަށްރަށުގައި ވަރަށް ބޮޑަށް އިމާމުން ނުވަތަ ހަތީބުން ނެތުމުގެ ދަތިކަން ފާހަގަކުރެވިގެން ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ. އަދި މިކަމަށް ހައްލެއް ހޯދުމަށްޓަކައި ވަރަށް ގިނަ މުހިންމު މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ. ޝަހީމް ވިދާޅުވީ މި ކަމުގެ އިތުރުން މިހާރުގައި ތިބި އިމާމުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށެވެ. މީގެ އިތުރުން ޝަހީމް ވަނީ އިމާމުންނަކީ ރާއްޖޭގެ ރަށްރަށުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާ ބައެއް ކަމަށް ފާހަގަ ކުރައްވާފަ އެވެ. އިމާމުންނާއި ހަތީބުން ތާޒާކުރުމުގެ ޕްރޮގްރާމްގެ ތެރެއިން 402 އިމާމުންނާއި ހަތީބުން ތާޒާކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި ޒުވާން ހަތީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގެ ދަށުން ޖުމްލަ 234 ހަތީބުން ތަމްރީން ކޮށްފައިވާކަމަށް ޝަހީމް ވިދާޅުވި އެވެ.މަދުވެގެން 1000 ޒުވާން ހަތީބުން ތަމްރީން ކުރުމުގެ އަމާޒެއް

މަދުވެގެން 1000 ޒުވާން ހަތީބުން ތަމްރީން ކުރުމުގެ އަމާޒެއް
ލިޔުން:
ދައުރުގެ އަމާޒަކީ ރާއްޖޭގައި މަދުވެގެން 1000 ޒުވާން ހަތީބުން ތަމްރީން ކުރުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީމް ވިދާޅުވީ އެންމެ ފުރަތަމަ ކަމަކަށްވެސް ކުރި ކަމަކީ އިސްލާމިކް މިނިސްޓްރީގެ ދަށުން ކުރިއަށް ގެންދާނެ ޕްރޮގްރާމްތަކުގެ ޕްލޭން އެކުލަވާލުން ކަމަށެވެ. އެ މަސައްކަތްތަކުގެ ތެރޭގައި އެންމެ މުހިންމު އަދި ގައުމީ ކަމެއްގެ ގޮތުގައި ހިމަނާފައިވާނީ އިމާމުން ތަމްރީން ކުރުން ކަމަށް ޝަހީމް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
