
ޑރ.އިޔާޒް ގެ އަންހެނުން ވަރިކުރަން ޑރ.ޝަހީމް އެންގިކަމަށް ބުނެފި
ޑރ.އިޔާޒް ގެ އަންހެނުން ވަރިކުރަން ޑރ.ޝަހީމް އެންގިކަމަށް ބުނެފި
ލިޔުން:
ދީނީ އިލްމުވެރިޔާ ޑރ.އިޔާޒް ގެ އަންހެނުން ވަރިކުރަން ޑރ.ޝަހީމް އެންގިކަމަށް ބުނެފިއެވެ.
ޑރ.އިޔާޒް މިއަދު އެކްސް ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ބަޔާންކޮށްފައިވަނީ އޭނާގެ އަންހެނުން ފުލުހުންގެ ހައްޔަރުގައި ހުރި އިރު ޝެއިޙް މުޙައްމަދު ޝިފާން މެދުވެރިކޮށް ޑރ.ޝަހީމް ވަނީ އޭނާގެ އަންހެނުން ވަރިކުރާށޭ ބުނެފައި ކަމަށެވެ.
"އޭނާ ކައިރީ ބުނޭ ޝާދިޔާ ވަރިކުރާށޭ" މިފަދައިން އެންގި.
ޑރ. އިޔާޒް ބުނެފައިވަނީ އޭނާގެ އަންހެނުން ބަސް ޤަބޫލު ނުކުރާ ކަމަށްބުނެ މީހުން ގާތު ޑރ.ޝަހީމް ދައްކާފައިވާ ވާހަކައަކީ ބުހުތާނު ދޮގެއް ކަމަށާއި. ﷲގެ ރަޙްމަތުން އޭނާގެ އަންހެނުންނަކީ ވަފާތެރި ކިޔަމަންތެރި އެއްކަމަށެވެ.
ޑރ.ޝަހީމް ރިވެތި އަޚްލާޤުގެ ވާހަކަ ދައްކަވާ އިރު ހިލޭ އަންހެން ކުއްޖެއް އަތުގައި ހިއްޕަވައިގެން މީހެއްގެ ފްލެޓެއްތެރެއަށް ވަދެ ބޮނަކުއާ ބޯންއޮންނެވީ ދުރޫސުލް އަޚްލާޤުގެ ކިތައްވަނަ ފިލާވަޅުގެ ދަށުންތޯ އަމިއްލަ ނަފްސަށް ސުވާލުކޮށްލެއްވުން ރަގަޅު ކަމަށްވެސް ޑރ.އިޔާޒުގެ ޕޯސްޓްގައި ޑރ.ޝަހީމަށް ރައްދުވާގޮތައް ލިޔުއްވާފައި ވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
