މާލެ: 31°C

ދުނިއޭގެ ބެސްޓް 50 ހޮޓެލްގެ 8 ވަނައަށް ސޮނޭވާފުށި ހޮވިއްޖެ

ދުނިއޭގެ ބެސްޓް 50 ހޮޓެލްގެ 8 ވަނައަށް ސޮނޭވާފުށި ހޮވިއްޖެ
September 18, 2024
2 ފަހަރު ބަލާފައި
ދުނިއޭގެ ބެސްޓް 50 ހޮޓެލްގެ 8 ވަނައަށް ސޮނޭވާފުށި ހޮވިއްޖެ
ދުނިއޭގެ ބެސްޓް 50 ހޮޓެލްގެ 8 ބަނައަށް ރާއްޖޭގެ ސޮނޭވާފުށި ރިސީޓް ހޮވިއްޖެއެވެ. "ދަ ވޯލްޑްސް 50 ބެސްޓް ހޮޓެލްސް އެކަޑަމީ" އިން ކޮންމެ އައަހަރަކު ހޮވަމުން އަންނަ ދުނިއޭގެ ބެސްޓް 50 ހޮޓެލް ހޮވުމަށް ރޭ އިނގިރޭސިވިލާތުގެ ލަންޑަން ގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ސޮނޭވާފުށި ރިސޯޓަށް ދުނިއޭގެ ބެސްޓް 50 ހޮޓެލްގެ ލިސްޓުގެ 8 ވަނަ ލިބިފައިވާއިރު އެ ރިސޯޓަށްވަނީ ލޮސްޓް އެކްސްޕްލޯރަރ ބެސްޓް ބީޗް 2024 ގެ މަގާމުވެސް ލިވިފައެވެ. މިއަހަހަރުގެ ލިސްޓްގެ 1 ވަނަ ލިބިފައިވަނީ ތައިލެންޑް ގެ ކަޕެއްލާ ބެންކޮކް އަށެވެ. 2 ވަނަ އިޓަލީގެ ހޮޓަލަކަށް ލިބިފައިވާއިރު 3 ވަނަ ލިބިފައިވަނީ ހޮންކޮންގް ގެ ހޮޓަލަކަށެވެ. މިއަހަރުގެ ބެސްޓް 50 ހޮޓެލް ލިސްޓްގެ އެއްމެ ކުރީގައި ގިނައިން ހިމެނިފައިވަނީ އޭޝިއާގެ ހޮޓެލް ތަކެވެ. ނަމަވެސް އެ ލިސްޓްގައި ސައުތު އޭޝިއާއިން ހިމެނިފައިވަނީ 3 ގައުމެއްގެ ހޮޓެލް އެވެ. އެއީ ލިސްޓްގެ 8 ވަނަ ލިބުނު ދިވެހިރާއްޖޭގެ ސޮނޭވާފުށި ރިސޯޓާއި، ލިސްޓްގެ 39 ވަނާގައި ހިމެނިފައިވާ ސްރީލަންކާގެ އަމަންގައްލާ ހޮޓެލް އާއި ލިސްޓްގެ 43 ވަނާގައި ހިމެނިފައިވާ އިންޑިއާގެ ރާޖިސްތާނުގެ ސޫޖަން ޖަވާއީ ހޮޓެލް އެވެ. 2023 ވަނަ އަހަރު ވަނީ ބެސްޓް 50 ހޮޓެލްސްގެ ތެރޭގައި ދިވެހި ރާއްޖޭގެ 2 ރިސޯޓެއް ހިމެނިފައެވެ. އެއީ ލިސްޓްގެ 7 ވަނަ ލިބުނު ސޮނޭވާ ފުށި ރިސޯޓާއި ލިސްޓްގެ 23 ވަނަ ލިބުނު ސޮނޭވާ ޖާނީ ރިސޯޓެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ