ޝަމްއާން ވިދާޅުވީ ކުރީގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ މީހުން މިހާރު ގަވާއިދުގެ ތެރެއަށް ވަންނަން މަސައްކަތް ކުރާ ކަމަށެވެ.

ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ލިޔުން:
ދެ ގެއާއި ދެ ހޮޓާ ބަލާ ފާސްކޮށް މިދިޔަ ހޯމަ ދުވަހު ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން ބުނީ އެތަންތަނަކީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަކަށް ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަން ބްލޮކްތައް ކަމަށެވެ.
އިމިގްރޭޝަނުން މި ފަހުން މާލޭގައި ހިންގި ބޮޑު އޮޕަރޭޝަނުގެ މައުލޫމާތު މީޑިއާތަކާ ހިއްސާކުރައްވަމުން ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެފައި ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އަތޮޅުތަކުގައި ވެސް އޮޕަރޭޝަންތައް ފުޅާކުރާނެ ކަމަށެވެ.
ޝަމްއާން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރުގެ ތެރޭގައި ހައްލުވާނެ ކަމަށެވެ. އަދި ވަކި ގައުމެއް ނުބަލާ ގާނޫނީ ފިޔަވަޅު އަޅަމުންދާނެ ކަމުގެ ޔަގީންކަން ޝަމްއާން ވަނީ ދެއްވާފަ އެވެ.
ޝަމްއާން ވިދާޅުވީ އޮޕަރޭޝަންތައް ކުރިއަށް ގެންދަން ފެށުމުން، ވޯކްޕާމިޓް ފީ ފަދަ ފީތައް ނުދައްކާ ހުރި މީހުން ފީތައް ދައްކަން ފަށާފައިވާ ކަމަށެވެ. އަދި ދައުލަތަށް ދައްކަން ހުރި ފައިސާ މިހާރު ވަރަށް ގިނަ ފަރާތްތަކުން ދައްކަމުންދާ ކަމަށް ޝަމްއާން ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
