
ތިލަފުށިން އުތުރު ތިލަފަޅާ ހަމައަށް ބުރިޖަކުން ގުޅާލުމުގެ މަޝްވަރާ
ތިލަފުށިން އުތުރު ތިލަފަޅާ ހަމައަށް ބުރިޖަކުން ގުޅާލުމުގެ މަޝްވަރާ
ލިޔުން:
މާލެ ސަރަހައްދުގެ ތެރޭގައި ހިމެނުމަށް ހަމަޖެހިފައިވާ ތިލަފުށިން ގިރާވަރު ވެސް ހިމެނޭ ގޮތަށް އުތުރުތިލަފަޅާ ހަމައަށް ބްރިޖަކުން ގުޅުވައިލުމުގެ މަސައްކަތް ފެށުމަށް ޓަކައި، އޭގެ މަޝްވަރާތައް ފަށައިފި އެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) މިޝަންގެ އިސްވެރިންނާއެކު ބައްދަލުވުމެއް ބޭއްވި އެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި މަޝްވަރާކުރީ، އެ މަޝްރޫއުގެ ފީޒިބިލިޓީ ސްޓަޑީ ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ކަމަށް މިިނިސްޓްރީން ބުންޏެވެ.
"މި މަޝްރޫއުގެ ސަބަބުން މުސްތަގުބަލުގައި މި ސަރަހައްދުގެ ކަނެކްޓިވިޓީއާއި ކުރިއެރުމަށް މަގުފަހިވެ، އިގުތިސޯދީ ކުރިއެރުމަށް މަގުފަހިވެ، ސަރަހައްދީ އެއްބައިވަންތަކަން އިތުރު ވެގެން ދާނެ،" މިނިސްޓްރީން ބުނެފައިވެ އެވެ.
ހުޅުމާލޭން، ހުޅުލެ އިންޓަނޭޝަނަލް އެއާޕޯޓު ވެސް ހިމެނޭ ގޮތަށް މާލެއާ ހަމައަށް ބްރިޖަކުން ގުޅާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ. މާލެ ސަރަހައްދުގެ ކަނެކްޓިވިޓީ ބޮޑު ކުރުމަށް މާލެ-ވިލިމާލެ-ގުޅީފަޅު-ތިލަފުށި ގުޅުވާލުމުގެ މަޝްރޫއު މިދިޔަ ސަރުކާރުން ފެށި އިރު އެ މަޝްރޫއު މިހާރު ކުރިއަށް އެބަ ދެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
