
ބަންކަރިންގެ ނަމުގައި ކުރަން އުޅޭ ކަންތަކުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއްވާނެ: ކެލާ ޝަރީފް
ބަންކަރިންގެ ނަމުގައި ކުރަން އުޅޭ ކަންތަކުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއްވާނެ: ކެލާ ޝަރީފް
ލިޔުން:
ބަންކަރިންގެ ނަމުގައި ސަރުކާރުން ކުރަންއުޅޭ ކަންތަކުގެ ސަބަބުން ރާއްޖެއަށް ބަންކަރިންގެ ފުރިހަމަ ނަފާ އެއް ނުލިބޭނެކަމަށް ކެލާދާއިރާގެ ކުރީގެ މެންބަރ ޝަރީފް ވިދާޅުވެއްޖެއެވެ.
ރޭ ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ބަންކަރިންގެ ޙިދުމަތް ގާއިމްކުރުމުގެ މަސައްކަތަކީ ރައީސް މައުމޫނުގެ ދައުރުން ފެށިގެން ކުރުމުން އަންނަ މަސައްކަތެއްކަމަށާއި، ރައީސް ޔާމީނު ވެރިކަމުގަވެސް އަދި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ގެ ވެރިކަމުގެ އެކަމުގެ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ.
އެގޮތުން ރައީސް ސޯލިހުގެ ވެރިކަމުގައި އެސްޓީއާއެކު ބައިނަލް އަގްވާމީ ބަންކަރިން ކުންފުންޏަކުން ބަންކަރިން ފެސިލިޓީތައް ގާއިމްކުރުމުގެ އެއްބްސްވުމެއްގައި ސޮއި ކޮށްފައިވާކަމަށާއި އެ އެއްބަސްވުމުގެ ދަށުން މަސައްކަތް ތަކެއްވެސް ކުރެވިފައިވާކަމަށެވެ.
އެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ބަންކަރިންގެ ޙިދުމަތުގެ ސްކޯޕް އޮޅުވާލައި މި ސަރުކާރުން ކުރަން އުޅޭ ކަމަކީ ކަނޑުމަތީ ތެޔޮވިއްކުން ކަމަށާއި އެކަމުގެ ސަބަބުން ރާއްޖެ ބަދުނާމުވެ ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ ސްރީލަންކާ އާއި އިންޑިއާގައި އެ ޙިދުމަތް ދޭނެ ފުރިހަމަ ބަނދަރުތައް ހުއްޓައި ރާއްޖެއަށް އެ ޙިދުމަތް ހޯދަން އަންނާނީ އެ ބަނދަރުތަކަށްވުރެ ފުރިހަމަ ރަނގަޅު ޙިދުމަތްތަކެއް ރާއްޖެއިން ލިބިގެން ކަމަށާއި ނަމަވެސް ބަންކަރިންގައި ހިމެނޭ ތެޔޮއެޅުން ފިޔަވައި އެހްނ ހުރިހާކަމެއް ލަންކާ ނުވަތަ އިންޑިއާއިން ފުރިހަމަ ކުރުމަށްފަހު ހަމައެކަނި ތެޔޮއަަޅަން ރާއްޖެ ކަނޑުގައި މަޑުކުރާނެތޯ ސުވާލު ކުރެއްވެވިއެވެ.
އިތުރަށް ޝަރީފް ވިދާޅުވީ ބަންކަރިންގ އަކީ ބޯޓް މެއިންޓަނެންސް ސާވިސްއާއި ޕެޓްރޯލާ ޑީސަލް އާއި، ފެނާއި ކާބޯތަކެއްޗާއި، ސިއްހީ ފަރުވާ އާއި ކުރޫ ޗޭންޖިން އާއި އަދި އެނޫންވެސް އެވަގުތަކު ބޯޓަށް ބޭނުން ވެފައިވާ ކަންކަން ކުރެވޭނެ އިންތިމުތައް ހަމަޖެހިފައި އޮތުން ކަމަށާއި ނަމަވެސް ރާއްޖެއިން އެ ކަންކަން ފުރިހަމަ ނުކޮށް ހަމައެކަނި ޕެޓްރޯލާއި ޑީސަލް އެޅުމުގެ ޙިދުމަތް ދޭން ފަށައި ބަންކަރިން ކަމަށް ބުނުމަކީ ރާއްޖެއިން ކުރުމަށް ފުރުސަތު ލިބިފައިވާ ބަންކަރިންގެ ފުޅާ ވިޔާފާރީގެ ސްކޯޕް އޮޅުވާލުން ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
