
ލުބްނާނަށް ނުރައްކާތެރި ސައިބަ ހަމަލާއެއް: އަށް މަރު، 3000 މީހުން ޒަހަމް
ލުބްނާނަށް ނުރައްކާތެރި ސައިބަ ހަމަލާއެއް: އަށް މަރު، 3000 މީހުން ޒަހަމް
ލިޔުން:
ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ މެންބަރުންނާއި އެ ޤައުމުގެ ޞިއްޙީ ޚިދުމަތްތެރިން މުވާސަލާތު ކުރުމަށް ބޭނުން ކުރާ ޕޭޖަރުތަކެއް ގޮވުމާ ގުޅިގެން އަށް މީހުން މަރުވެ, ތިން ހާހެއްހާ މީހުން ޒަޚަމުވެއްޖެއެވެ.
ނަން ހާމަ ކޮށްފައި ނުވާ ޙިޒްބުاللهގެ އިސް އޮފިޝަލަކު ބުނީ, މިއީ އެ ޖަމާޢަތުގެ ސަލާމަތީ ފިޔަވަޅުތައް ފޫޅައިލާފައިވާ އެންމެ ބޮޑު ހާދިސާ ނުވަތަ ޙަމަލާ ކަމުގައެވެ. މަންޒަރު ފެނުނު މީހުން ބުނީ, ވެރިރަށް ބައިރޫތުގެ މަގުތަކުގައި ގިނަ ޢަދަދެއްގެ އެމްބިޔުލާންސްތައް ހަރަކާތްތެރިވަމުންދާ ކަމުގައެވެ.
މި ހާދިސާ ހިނގާފައި މި ވަނީ, ޣައްޒާ ޢުދުވާނާ ގުޅިގެން ޙިޒްބުاللهގެ މުޖާހިދުންނާއި ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިންނާ ދެމެދު ވަރުގަދަ ޙަމަލާތަކެއް ބަދަލު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޙިޒްބުاللهން ޒަޔަނިސްޓު ދަޢުލަތާއި ޔަހޫދީ ސިފައިންގެ އަމާޒުތަކަށް ޙަމަލާ ދޭން ފަށާފައި ވަނީ މީގެ 11 މަސް ކުރިން ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފެށުމާ ގުޅިގެން, އެ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ބާރު އެޅުމުގެ ގޮތުންނެވެ.
ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, ޕޭޖަރުތައް ގޮވި ހާދިސާގައި އަށް މީހުން މަރުވެފައިވާ ކަަމުގައެވެ. އަދި, 2,750އެއްހާ މީހުން ޒަޚަމުވެފައިވާ ކަމުގައެވެ. ޒަޚަމުވި މީހުންގެ ތެރޭގައި ބައިރޫތުގައި ހުންނަވާ އީރާނުގެ ސަފީރު ވެސް ހިމެނޭ ކަމުގައި ރިޕޯޓުތައް ބުނެއެވެ. އީރާނުގެ ބައެއް މީޑިޔާތަކުން ވެސް ވަނީ އެ ގޮތަށް ރިޕޯޓު ކޮށްފައެވެ.
މަންޒަރު ފެނުނު މީހުން ބުނީ, ކޮންމެ 30 މިނެޓަކުން އިތުރު ޕޭޖަރުތައް ގޮވަމުންދާ ކަމުގައެވެ. އަދި, ލުބްނާންގެ އެކި ކަންކޮޅުތަކުގައި މި ފަދަ ހާދިސާތައް ހިނގަމުންދާ ކަމުގައެވެ. މި ހާދިސާތަކާ ގުޅިގެން ލުބްނާންގެ ޞިއްޙީ އިދާރާތައް ވަނީ ކުއްލި ހާލަތަކަށް ގެނެސްފައެވެ. އަދި, ޕޭޖަރު ފަދަ ވަސީލަތްތައް ބޭނުން ކުރުން ހުއްޓައިލުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
