މާލެ: 31°C

ވަރަށް ހިތްގައިމު! ތިނަދޫގެ މަގުތައް ހަދައި ނިންމައިފި

ވަރަށް ހިތްގައިމު! ތިނަދޫގެ މަގުތައް ހަދައި ނިންމައިފި
September 18, 2024
3 ފަހަރު ބަލާފައި
ވަރަށް ހިތްގައިމު! ތިނަދޫގެ މަގުތައް ހަދައި ނިންމައިފި

ގދ. ތިނަދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ކުރިއަށް ގެންދިޔަ މަޝްރޫއު ނިންމާލައިފި އެވެ.

މިމަޝްރޫއުގެ ދަށުން 19 މަގެއްގައި ޖުމްލަ 7.8 ކިލޯ މީޓަރުގެ ސަރަހައްދެއް ތާރުއަޅައިގެން ތަރައްގީކޮށްފައިވެ އެވެ. ތިނަދޫ މަގު ހެދުމުގެ އަމަލީ މަސައްކަތްތައް ފެށީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި 2022 ވަނަ އަހަރު އެވެ.

މިމަޝްރޫއަށް ދައުލަތުގެ ބަޖެޓުން 78.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މިމަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އާރްޑީސީ އިން ވަނީ ކޮންޓްރެކްޓް އުސޫލުން ތިނަދޫ އިން 64 މީހަކަށް ވަޒީފާވެސް ދީފަ އެވެ.

ތިނަދޫ މަގު ހެދުމުގެ މަޝްރޫއު ނިމުމާ ގުޅިގެން އާރްޑީސީ އިން ވަނީ އެ މަސައްކަތުގައި ބައިވެރިވި ހުރިހާ މުވައްޒަފުންނަށް ޝުކުރުވެސް އަދާކޮށްފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ