
ޝަކުވާއެއް އެބައޮތްތަ؟ ހެލްތު މިނިސްޓްރީން ހާއްސަ ޕޯޓަލްއެއް
ޝަކުވާއެއް އެބައޮތްތަ؟ ހެލްތު މިނިސްޓްރީން ހާއްސަ ޕޯޓަލްއެއް
ލިޔުން:
ހެލްތް މިނިސްޓްރީން މިއަދު އާންމުންގެ ޝަކުވާތަކަށް “މާހަރާ” ނަމަކަށް ކިޔާ އޮންލައިން ޕޯޓަލެއް އިފްތިތާހުކޮށްފި އެވެ.
މި ޕޯޓަލް އިފްތިތާހުކުރެވުނީ ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރަމުންގެންދާ ބަލި މީހުންގެ ރައްކާތެރިކަމުގެ ދުވަހާ ގުޅިގުޅިގެން ނެވެ.
މި އަހަރުގެ ބަލި މީހުންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރާ ދުވަސް ފާހަގަކުރުމަށް ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން، ކުރީގެ ހެލްތު މިނިސްޓަރ ޑރ. އާމިނަތު ޖަމީލެވެ.
“މާހަރާ” ޕޯޓަލްގެ އެހީގައި ޞިއްޙީ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އެފަރާތްތަކަށް ދިމާވާ އެކިއެކި ކަންކަމާ ގުޅިގެން ހުންނަ ކަންބޮޑުވުންތައް ހިއްސާކުރެވޭނެ އެވެ. މިކަމުގެ ސަބަބުން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކޮށް، ޞިއްޙީ ޚިދުމަތާމެދު މީހުންގެ އިތުބާރު ހިފެހެއްޓުމަށް މަގުފަހިވެގެންދާނެ އެވެ. މި ޕޯޓަލް ތައްޔާރުކޮށްފައިވަނީ ޑަބްލިޔު.އެޗް.އޯގެ އެހީތެރިކަމާއެކުގައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު ޑރ. އަބްދުﷲ ޚަލީލާއި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
