ޗައިނާއިން އެތެރެކުރާ މުދަލުގެ އިތުރުން، މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކްސްޕޯޓުގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ މަހުގެ ބާވަތްތައް ޑިއުޓީ އަކާ ނުލާ ޗައިނާއަށް އެކްސްޕޯޓް ކުރެވޭނެ އެވެ. އޭގެތެރޭގައި، ދިވެހި މަހުގެ 296 ބާވަތެއް ހިމެނޭނެ ކަން ފާހަގަ ކުރެއްވިއެވެ.
ސައީދުގެ ވާހަކަފުޅުގައި ވަނީ މަހުގެ ބާވަތްތަކުން ޑިއުޓީ ދައްކަން ނުޖެހުމުން، ރާއްޖެއަށް އިތުރު ވިޔަފާރީގެ ދޮރެއް ހުޅުވިގެން ދިޔަކަން ވެސް ފާހަގަ ކުރައްވާފައެވެ. އެގޮތުން ވިދާޅުވީ, އެހެން ގައުމުތަކުން ޑިނގާ ފަދަ ބާވަތްތައް ރާއްޖެއަށް ގެނެސް، ވެލިއު އެޑްކޮށް، ޗައިނާއަށް ސުން ޕަސެންޓު ޑިޔުޓީގައި ރީއެކްސްޕޯޓް ކުރެވޭނެ ކަމަށެވެ.އިތުރަށް ސައީދު ވިދާޅުވީ ޗައިނާއާއެކު ހަދާ ކަރަންސީ ސެޓްލްމެންޓު އެގުރީމެންޓުގެ ސަބަބުން ޗައިނާއިން މުދާ އެތެރެކުރުމުގައި ޑޮލަރަށް ބަރޯސާވުން ވަރަށް ބޮޑަށް ނިމުމަކަށް އަންނާނެ ކަމަށެވެ. އެކަމުގެ ސަބަބުން ދިވެހި ރުފިޔާ ބޭނުންކޮށްގެން ޗައިނާއިން ގެންނަ މުދަަލަށް ބޭންކެއް މެދުވެރިކޮށް އަގު އަދާކުރެވޭނެ ކަމަށެވެ.
މި ދެ އެއްބަސްވުމުގެ ސަބަބުން ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގު ވަަަރަށް ބޮޑަށް ހެޔޮވެގެންދާނެކަން ސައީދު ފާހަގަކުރެއްވި އެވެ.







