މާލެ: 31°C

ބީއެމްއެލްގެ ޗެއާމަނަކަށް ސަރުކާރުން ހުށައަޅަނީ ކެބިނެޓް ސެކްރެޓަރީ އަލީ ހަބީބު

ބީއެމްއެލްގެ ޗެއާމަނަކަށް ސަރުކާރުން ހުށައަޅަނީ ކެބިނެޓް ސެކްރެޓަރީ އަލީ ހަބީބު
September 17, 2024
2 ފަހަރު ބަލާފައި
ބީއެމްއެލްގެ ޗެއާމަނަކަށް ސަރުކާރުން ހުށައަޅަނީ ކެބިނެޓް ސެކްރެޓަރީ އަލީ ހަބީބު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗެއާމަންގެ މަގާމަށް ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒްގެ މަގާމުގައި ހުންނެވި އަލީ ހަބީބުގެ ނަން ސަރުކާރުން ހުށަހަޅައިފި އެވެ. ބީއެމްއެލްއިން މިމަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހިއްސާދާރުންގެ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާގައި އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ބައްދަލުވުން ބާއްވަނީ ސަރުކާރުން އެކަމަށް އެދުމުންނެވެ. މި ބައްދަލުވުމުގެ އެޖެންޑާ ނެރުމަށްފަހު ވަނީ އެޖެންޑާ އިސްލާހުކޮށް އަލުން އެޖެންޑާ އިއުލާންކޮށްފަ އެވެ. އެޖެންޑާ އިސްލާހުކޮށްފައިވަނީ މިހާރު ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާފައިވާ ދެ މީހުންގެ ނަމުގެ އިތުރުން އިތުރު މީހެއްގެ ނަން ސަރުކާރުން ހުށަހެޅުމުންނެވެ. ސަރުކާރުން ތިންވަނަ މީހެއްގެ ގޮތުގައި ނަން ހުށަހަޅާފައިވަނީ ކެބިނެޓު ސެކްރެޓަރީ ނޫވިލާގެ/އައްޑޫ ހިތަދޫ، އަލީ ހަބީބުގެ ނަމެވެ. އޭގެ ކުރިން ސަރުކާރުން ހުށަހަޅާފައިވަނީ ޕެންޝަން އޮފީހުގެ ކުރީގެ ސީއެފްއޯ މުހައްމަދު ޝާހިދު އާއި މާލީ އަދި ސިއްހީ ވުޒާރާގެ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރެއްވި އަލީ އިރުފާން އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ