
މެލޭޝިއާއިންވެސް އެމްޕޮކްސް ކްލޭޑް-2 ވޭރިއަންޓުގެ ކޭސްއެއް ފެނިއްޖެ
މެލޭޝިއާއިންވެސް އެމްޕޮކްސް ކްލޭޑް-2 ވޭރިއަންޓުގެ ކޭސްއެއް ފެނިއްޖެ
ލިޔުން:
އެމްޕޮކްސް ގެ ކްލޭޑް-2 ވޭރިއަންޓަށް މެލޭޝިއާއިން މީހަކު ޕޮސިޓިވްވެއްޖެއެވެ.
ހުން އައިސް، ރިހުން ހުރި އެ މީހާއަކީ ބަލީގެ އަލާމާތްތައް ފެނުމުގެ ކުރިން 21 ދުވަހުގެ ތެރޭގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ މީހެއް ނޫނެވެ.
މެލޭޝިއާއިން މިދިޔަ އަންގާރަ ދުވަހު (ސެޕްޓެމްބަރު 17) އެމްޕޮކްސް ގެ ކްލޭޑް 2 ވޭރިއަންޓަށް ޕޮޒިޓިވްވެފައިވަނީ ކައިރި މާޒީއެއްގައި ގައުމުން ބޭރަށް ގޮސްފައިނުވާ މީހެއްގެ ގައިންނެވެ.
ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ކޭސް ފެނިފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ހުން އައުމާއި ކަރުގައި ރިއްސުމާއި ކެއްސުމުގެ އަލާމާތްތައް ފެންނަން ފެށި މީހެއްގެ ކިބައިން ކަމަށާއި ޖެހިގެން އައި ދުވަހު އެ ބަލީގެ އަލާމާތްތައް ފެންނަން ފަށާފައިވާ ކަމަށެވެ.
މެލޭޝިއާއަށް ނިސްބަތްވާ މި މީހާއަކީ ބަލީގެ އަލާމާތްތައް ފެނުމުގެ 21 ދުވަހުގެ ކުރިން ގައުމުން ބޭރަށް ދަތުރުކޮށްފައިވާ މީހެއް ނޫން ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.މީގެ ކުރިން މިދިޔަ އަހަރުވެސް އެ ގައުމުން ވަނީ އެމްޕޮކްސް ގެ އެ ވޜިއަންޓްގެ 10 ކޭސް ފެނިފައެވެ. މިއަހަރު އަދި އެ ބައްޔަށް ޕޮޒިޓިވް ވެފައި މިވަނީ އެ މީހާ އެކަންޏެވެ.
ވައިރަހުގެ އާ ވޭރިއަންޓްގެ ސަބަބުން މުޅި ދުނިޔެ އިން ކަންބޮޑުވުން އުފެދިފައި ވަނީ އާދަޔާ ހިލާފަށް ފަސޭހައިން އެ ވޜިއަންޓް ގައިގަޔަށް ފެތުރެމުންދާ ކަމަށް ބެލެވޭތީއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
