
ދިވެހި ދިދައަށް ހިމާޔަތުގެ ގާނޫނެއް ހަދަނީ
ދިވެހި ދިދައަށް ހިމާޔަތުގެ ގާނޫނެއް ހަދަނީ
ލިޔުން:
ދިވެހި ދިދަ ހިމާޔަތް ކޮށް ރައްކާތެރިކުރުމަށްޓަކއި ހާއްސަ ގާނޫނެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދިވެހި ބަހާއި ސަގާފަތާއި ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އާދަމް ނަސީރު ވިދާޅުވީ ދިވެހި ދިދައާއި ދައުލަތުގެ ނިޝާނަށް ގާނޫނީ ހިމާޔަތް ބޭނުންވާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، މިހާރުގެ ޙާލަތައްބަލާއިރު ދައުލަތުގެ ނިޝާންގެވެސް އިންތަކާއި މިންތައް ކަނޑައެޅި، އެއަށް ކަނޑައެޅޭ ވަކި ހަމަތަކަކާއި ގޮތްތަކެއް ލިޔެވި ގާނޫނީ ސިފައިގައި އޮތް ކަމަށް ނުބެލެވޭ ކަމަށެވެ.
އެހެންކަމުން ދައުލަތުގެ މުހިންމު ނިޝާންތަކާއި ގައުމީދިދަ ހިމާޔަތް ކުރުމުގެ ވިސްނުމުގައި ބިލެއް ޑްރާފްޓް ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށާއި، އެކަން ކުރުމުގެ މަސައްކަތް ތާވަލް ކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
