މާލެ: 31°C

ވިއްސާރައިގެ ސަބަބުން ޖަލެއްގެ ފާރުތައް ވެއްޓި 281 ގައިދީން ފިލައިފި

ވިއްސާރައިގެ ސަބަބުން ޖަލެއްގެ ފާރުތައް ވެއްޓި 281 ގައިދީން ފިލައިފި
September 17, 2024
2 ފަހަރު ބަލާފައި
ވިއްސާރައިގެ ސަބަބުން ޖަލެއްގެ ފާރުތައް ވެއްޓި 281 ގައިދީން ފިލައިފި

ވިއްސާރައިގެ ސަބަބުން ނައިޖީރިއާގެ މީޑިއަމް ސެކިއުރިޓީ ޖަލެއްގެ ފާރުތައް ވެއްޓި 281 ގައިދީން ފިލައިފިއެވެ.

މި ހާދިސާ އާއި ގުޅިގެން ނައިޖީރިއާ ކަރެކްޝަނަލް ސާވިސަސްގެ ތަރުޖަމާނު އުމަރު އަބޫބަކުރު އާދިއްތަ ނެރުނު ބަޔާނެއްގައި ވިދާޅުވީ އެގައުމުގެ މީޑިއަމް ސެކިއުރިޓީ ޖަލެއްގެ ފާރުތައް ވިއްސާރާގައި ފެން ބޮޑުވުމުގެ ވެއްޓުމާ ގުޅިގެން އެތައް ބަޔަކު ފިލާފައިވާ ކަމަށާއި، ފެންބޮޑުވުމުގެ ސަބަބުން ކަރެކްޝަނަލް ފެސިލިޓީތަކުގެ ފާރުތަކުގެ އިތުރުން މީޑިއަމް ސެކިއުރިޓީ ކަސްޓޯޑިއަލް ސެންޓަރުގެ ފާރުތަކާއި ސްޓާފް ކުއާޓާތައް ވެސް ވަނީ ވެއްޓިފައި ކަމަށް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ކުއްވެރިން ހޯދުމުގެ މަސައްކަތް ސަލާމަތީ ބާރުތަކުން ކުރަމުން އަންނަ ކަމަށާއި، އޭގެ ތެރެއިން ހަތް ގައިދީއަކު ސަލާމަތީ ބާރުތަކުން މިހާރު އަތުލައިގަނެވިފައިވާކަމަށައި އިތުރު މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިއްސާރައިގެ ސަބަބުން އެގައުމުގެ ބޯނޯ ސްޓޭޓްގެ ޑޭމެއް ހަލާކުވެ މިމަހުގެ 10 ވަނަ ދުވަހު ހިނގި ހާދިސާއެއްގައިވެސް އެގައުމުން ވަނީ 30 މީހުން މަރުވެ، މިލިއަނަކަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލި، އެކި ހިސާބުތަކުން މީހުން ހުސްކުރަން ޖެހިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ