ރާއްޖޭގައި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް އުތުރުގައި ފެށުމަށް ހަމަޖެހިފައިވާއިރު ބަންކަރިންގެ ހިދުމަތައް އެދި ބުކިންތައް ލިބެމުން ދާކަމަށް ސްޓޭޓް ޓްރޭޑިންގް އޮރްގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފި އެވެ.
އެކުންފުނިން އާންމުކުރި ބަޔާނެއްގައި ބުނީ ބަންކަރިންގެ ހިދުމަތުގެ އިތުރުން އެހެނިހެން ހިދުމަތްތައް ނުވަތަ އިތުރު ހިދުމަތްތައް އެ ސަރަހައްދުގައި ފޯރުކޮށްދޭނެ ކަމަށެވެ. އަދި އާންމުގޮތެއްގައި އިންޑިއަން ސަބް ކޮންޓިނެންޓް ބަންކަރިންގެ ހިދުމަތް ފޯރުކޮށްދެމުން ދަނީ ކޮލަމްބޯއިންނާއި ސްރީލަންކާއިން އަދި އިންޑިއާގެ ބަނދަރުތަކުން ކަމަށް އެސްޓީއޯއިން ބުންޏެވެ.
ބަންކަރިންގެ ހިދުމަތް ފެށުމާއެކު އެންމެ ފުރަތަމަ ހިދުމަތް ފޯރުކޮށްދޭން ނިންމާފައިވަނީ އެމެއެސްއެސް އިން އޮޕަރޭޓް ކުރަމުންދާ "ވައިސީ ބެލިއާ" އަށް ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި މިއީ އުޅަނދުގެ ތަވާލުގައި ހިމެނޭ ބަންކަރިންއެއް ކަމަށްވެސް އެސްޓީއޯއިން ފާހަގަކުރި އެވެ.
އެ އުޅަނދުގައި މަހަކު 200 ޓަނުގެ ތެޔޮ ބޭނުންކުރާއިރު، މިއީ ކޮލަމްބޯ އާއި މާލެ އާ ދޭތެރޭގައި ދަތުރު ކުރާ އުޅަނދެކެވެ. އަދި އެ އުޅަނދުގައި 1،100 ކޮންޓެއިނަރު އުފުލުމުގެ ގާބިލުކަން ހުރެ އެވެ.
އެސްޓީއޯއިން ބުނީ މި މަހުގެ 19 ވަނަ ދުވަހުގައި ފެށުމަށް ހަމަޖެހިފައިވާ ބަންކަރިންގެ ހިދުމަތުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އަދި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.
މީގެއިތުރުން އެސްޓީއޯއިން ބުނީ މި ހިދުމަތް ފެށި، އިތުރަށް ފުޅާކޮށް، އިތުބާރުހުރި ހިދުމަތަކަށް ހެދުމާއެކު، މާކެޓް އިތުރަށް ފުޅާވެގެން ދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
މޯލްޑިވްސް ޕޯރްޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހު މީގެ ކުރިން ވިދާޅުވީ ބަންކަރިންގެ ހިދުމަތް ފެށެން ލަސްތަކެއް ނުވާ ކަމަށެވެ. އަދި ޕްލޭންތަކާ އެއްގޮތައް މަސައްކަތް ކުރިއަށް ގޮސް މިހާރު އެންމެ ފަހުގެ ތައްޔާރީތައް ވެފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓުގެ ދަށުން ބައިނަލްއަގުވާމީ ބަންކަރިން ފެސިލިޓީއެއް ފެށުމުގެ ގޮތުން އެސްޓީއޯ އިން ވިޓޯލް ގުރޫޕާ އެކު ޓާމް ޝީޓްގައި ސޮއިކޮށްފައި ވަނީ މިދިޔަ މާޗް މަހު އެވެ. އެފަހުން ވިޓޯލް ބަންކާސްގެ މެޕުގައި ރާއްޖެ ވަނީ ހިމަނާފަ އެވެ.
އެ މަސައްކަތަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގް ބޯޓް މިދިޔަ މަހުގެ 2 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީ ޕޯޓަށް ގެނެސްފައިވެއެވެ. އަދި ކުޅުދުއްފުށި ޕޯޓް ސަރަހައްދުގައި ގާއިމްކުރާ ބޯޓް ޔާޑުގެ މަސައްކަތުގެ ބޮޑު ބައި ނިމިފައިވާ ކަމަށް ވެސް އެމްޕީއެލްއިން މީގެ ކުރިން ބުނެފައިވެ އެވެ.
ބަންކަރިންގެ ޚިދުމަތް ކާމިޔާބުގެ މަގަށް: އެސްޓީއޯއިން ބުނަނީ މިހާރުވެސް ބުކިންސް ލިބެން ފަށައިފި ކަމަށް

ބަންކަރިންގެ ޚިދުމަތް ކާމިޔާބުގެ މަގަށް: އެސްޓީއޯއިން ބުނަނީ މިހާރުވެސް ބުކިންސް ލިބެން ފަށައިފި ކަމަށް
ލިޔުން:
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
