މާލެ: 31°C

އިހަވަންދޫގައި ޑޮކްޔާޑެއް ތަރައްގީކުރަން ނިންމާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބުނެފި

އިހަވަންދޫގައި ޑޮކްޔާޑެއް ތަރައްގީކުރަން ނިންމާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބުނެފި
September 17, 2024
2 ފަހަރު ބަލާފައި
އިހަވަންދޫގައި ޑޮކްޔާޑެއް ތަރައްގީކުރަން ނިންމާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބުނެފި

ހއ. އިހަވަންދޫގައި ޑޮކްޔާޑެއް ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބުނެފި އެވެ.

ޕީއެސްއެމް ގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މޯލްޑިވްސް ޕޯރޓްސް ލިމިޓެޓްގެ ސީއީއޯ މުޙައްމަދު ވަޖީހު ހާމަކުރިގޮތުގައި މި ޑޮކްޔާޑް މަޝްރޫއުގެ މަސައްކަތް ވަރަށް އަވަހަށް ފަށުމަށް ހަމަޖެހިފައިވާކަމަށާއި، އެކަން ކުރާނީ ރާއްޖޭގެ އުތުރުގައި ފެށުމަށް ހަމަޖެހިފައިވާ ބަންކަރިން ޚިދުމަތުގެ ދެވަނަ ފިޔަވަހީގެ ދަށުން ކަމަށެވެ.

ޑީޕް ސީ މެއިންޓަނެންސަށް ހާއްސަ ޓަރމިނަލަކާއި ޑޮކްޔާޑެއް ހިމެނޭހެން އިހަވަންދޫގައި ތަރައްޤީ ބޯޓްޔާޑް އަކީ ކަނޑު އުޅަނދު އެހެލައި މަރާމާތު ކުރުމާއި އަޕްގްރޭޑް ކުރުމަށް ހާއްސަކޮށް އިހަވަންދޫ ގައި ގާއިމްކުރަން ހަމަޖެހިފައިވާ ބޯޓް ޔާޑެއް ކަމަށާއި އެ ބޯޓްޔާޑްގެ ސަބަބުން އުތުރުގެ އުޅަނދުފަހަރު އެހެމަލއި މަރާމާތުކުރުމަށް ވަރަށްބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށް އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހް ވިދާޅުވެފައިވެއެވެ.

އިހަވަންދޫގައި ފިޝްކަލެކްޝަން ޕޯޓަކާއި ބޯޑްޔާޑެއް ހެދުމަށް އެމްޓީސީސީ އާއެކު 2023 ވަނަ އަހަރު އެއްބަސްވުމެއް ގައި ސަރުކާރުން ސޮއިކޮށްފައިވީނަމަވެސް އެ ޕޮރޮޖެކްޓް މަދުޖައްސާލުމަށް ބިނާރާ ބެހޭ ވުޒާރާއިން މިއަހަރުގެ ޖުލައިމަހު އެމްޓީސީސީއަށް ވަނީ އަންގާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ