މާލެ: 31°C

ކުންފުންޏާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސްކޮށްފި

ކުންފުންޏާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސްކޮށްފި
September 17, 2024
2 ފަހަރު ބަލާފައި
ކުންފުންޏާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސްކޮށްފި
ކުންފުނީގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފި އެވެ. ފޭދޫ އުތުރު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އިސްމާއިލް ނިޒާރު ކުންފުނީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅުއްވާފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި މަޖިލިހުގެ ދައުރުން ބޭރުގައި ބޭއްވި ފުރަތަމަ ހާއްސަ ޖަލްސާގަ އެވެ. އެ ޖަލްސާގައި ވަނީ ބިލުގެ ފުރަތަމަ ކިޔުން އިއްވާފަ އެވެ. އިއްޔެ ބޭއްވި ދައުރުން ބޭރުގެ ދެ ވަނަ ޖަލްސާގައި ވަނީ ބިލަށް ބަހުސް ކުރުމަށް ފަހު، މަޖިލިހަށް ބަލައިގަނެ، ދިރާސާ ކުރުމަށް އިގުތިސޯދީ ކޮމިޓީއަށް ފޮނުވާފަ އެވެ. ކޮމިޓީގެ ބައްދަލުވުމުގައި ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް އިދާރީ މޭޒުން އިއްވުމުން މައްޗަންގޮޅި މެދު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަހުމަދު ޒަމީރު ވަނީ ބިލު ހުށަހެޅުއްވި ގޮތަށް ކޮމިޓީން ފާސްކުރަން ހުށަހަޅުއްވާފަ އެވެ. އޭނާގެ އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ކެނދިކުޅުދޫ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު މުހައްމަދު އަފޫ ހާމިދެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންނެވި އަށް މެމްބަރުންގެ އިއްތިފާގުން ކުންފުނީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ވަނީ ފާސްކޮށް މަޖިލިހުގެ ތަޅުމަށް ފޮނުވާފަ އެވެ. މިއަދު ބޭއްވި ޖަލްސާގައި އިގުތިސޯދީ ކޮމިޓީން ބިލު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ވަނީ އިއްވާފަ އެވެ. ކޮމިޓީގެ މުގައްރިރު ފުވައްމުލަކު މެދު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަލީ ފަޒާދު ރިޕޯޓު އިއްވުމުން ރިޕޯޓަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި އެއްވެސް މެމްބަރަކު ވާހަކަ ދައްކަން އެދިފައެއް ނުވެ އެވެ. ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 85 މެމްބަރުންގެ އިއްތިފާގުން ބިލު މަޖިލިހުން ވަނީ ފާސްކޮށްފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ