އިމިގްރޭޝަނުން ވަނީ އެފަދަ ސްކޭމް ކޯލްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ސަލާމަތެއް ނެތް، އިމިގްރޭޝަން އޮފިސަރުންނަށް ވެގެން ފޭރެމުންދާ ބައެއްގެ މައްސަލަ
ސަލާމަތެއް ނެތް، އިމިގްރޭޝަން އޮފިސަރުންނަށް ވެގެން ފޭރެމުންދާ ބައެއްގެ މައްސަލަ
ލިޔުން:
މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުންތަކެއް ކަމަށް ބުނެ, ބިދޭސީން އުޅެމުން ދިޔަ ގެއަށް ގޮސް އެ މީހުންގެ އަތުން ފޭރިއްޖެ އެވެ.
ދެ މީހެއްގެ ފޮޓޯ ހިއްސާކޮށް "އެކްސް" ގައި މީހަކު ކުރި ޕޯސްޓެއްގައި ވަނީ އެ ދެ މީހުންނަކީ އިމިގްރޭޝަން އޮފިސަރުންތޯ ސުވާލުކޮށްފަ އެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވީ އެ ފޮޓޯއިން ފެންނަ ދެ މީހުންނަކީ އިމިގްރޭޝަންއާ ގުޅުން އޮތް ބައެއް ނޫން ކަމަށެވެ. އަދި އެ ދެ މީހުންގެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް ވެސް ޝަމްއާން ވިދާޅުވި އެވެ.
ޝަމްއާން ވިދާޅުވީ އިމިގްރޭޝަންގެ ރެއިޑްތަކުގައި އޮފިސަރުންގެ އިމިގްރޭޝަން އައިޑީކާޑު ފެންނަ ގޮތަށް ހުންނާނެ ކަމަށެވެ. އަދި މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންތަކަކީ ޔުނީފޯމު ލައިގެން ކުރިއަށް ގެންދާ އޮޕަރޭޝަން ތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގަ އެވެ. ބިދޭސީން އުޅެމުން ދިޔަ އެ ގެއަށް ގޮސް އިމިގްރޭޝަން އޮފިސަރުން ކަމަށް ބުނެ އެ ގެ ބަލާ ފާސްކޮށް, އެ ބިދޭސީން އަތުން ގިނަ އަދަދެެއްގެ ފައިސާއައި ފޯނެއް ފޭރިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ދާދިފަހުން އިމިގްރޭޝަން އޮފިސަރުން ކަމަށް ބުނެ ޕާކިސްތާނުގެ ނަންބަރަކު ވަޓްސްއެޕް މެދުވެރިކޮށް ވީޑިއޯ ކޯލްކޮށް ފޭރުމުގެ އަމަލުތަކެއް ވަނީ ހިންގާފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
