އުންމީދު، ކަފާލާތުގެ ދަށުން މިނިވަން ކުރެވޭނެ ގާނޫނެއްގެ ޥާހަކަ

އުންމީދު، ކަފާލާތުގެ ދަށުން މިނިވަން ކުރެވޭނެ ގާނޫނެއްގެ ޥާހަކަ
ލިޔުން:
ކޮންމެ މައްސަލައެއްގައި މުއްދަތު ޖަހާފައި ބަންދުގައި ބެހެއްޓުމުގެ ބަދަލުގައި ކަފާލާތުގެ ދަށުން މިނިވަން ކުރެވޭނެ ނިޒާމެއް ވަކި ގާނޫނަކާ އެކު ގެންނަން ޖެހޭ ކަމަށް ހުސްވެފައިވާ ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ކަމުގެ މަގާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފައިވާ އައްބާސް ޝަރީފް ވިދާޅުވެއްޖެ އެވެ.
ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތް ކުރަމުން ދަނީ މަޖިލިހުގެ ދައުރުން ބޭރުގަ އެވެ. އެގޮތުން މިދިޔަ ބުދަ ދުވަހުގެ ރޭ ދައުރުން ބޭރުގައި ބޭއްވި ހާއްސަ ޖަލްސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި އައްބާސްގެ ނަން ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައެވެ.
ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު މަނަދޫ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު ހުސްނީ މުބާރިކު ވަނީ ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ދެކިވަޑައިގަންނަވާ ތަސައްވަރާ ގުޅޭގޮތުން ސުވާލު ކުރައްވާފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އަައްބާސް ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމަކީ ހަމައެކަނި ޕްރޮސިކިއުޓަ ޖެނެރަލް އޮފީސް އެކަނި ހިމެނޭ ނިޒާމެއް ނޫން ކަމަށެވެ. އެ އޮފީހުގެ އިތުރުން އެޓާނީ ޖެނެރަލާއި ތަހުގީގީ އިދާރާތަކާއި ކޯޓުތަކާ އަދި މަޖިލިސް ވެސް ހިމެނޭ ނިޒާމެއް ކަމަށެވެ.
ތަސައްވަރަކީ ކުރިން ލިބިފައިވާ މައުލޫމާތުގެ އަލީގައި އަދި މިހާރު ކަންކަން ހިނގަމުން އަންނަ ގޮތް ރަނގަޅަށް ދިރާސާ ކުރުމަށް ފަހުގައި ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާ އެކު މަޝްވަރާކޮށް، ނިޒާމަކީ ގެއްލިފައިވާ އިތުބާރު އަލުން އިއާދަކުރުން ކަމަށެވެ. އެގޮތުން ހާމަކަން ބޮޑު ގޮތެއްގައި އިންސާފުވެރިކަމާ އެކު މަސައްކަތްކުރާ، އަވަސް ހިދުމަތެއް ލިބޭ ތަނަކަށް ދާއިރާ ހެދުން ކަމަށެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ތިބެން ޖެހޭ ޖެހުމަށް ހައްލު ހޯދުމަށް ގެންގުޅުއްވާ ތަސައްވަރާ ގުޅޭގޮތުން އައްބާސް ވިދާޅުވެފައި ވަނީ މައްސަލައިގެ ތަހުގީގު ފެށޭ ހިސާބުން ޝަރީއަތް ނިމެންދެން ބަންދުކުރަން ޖެހޭ އުސޫލަކީ ގާނޫނު އަސާސީގެ ދަށުން ބަޔާންކޮށްފައި އޮންނަ އުސޫލެއް ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
