
ރައްޔިތުންގެ ހައްގުގައި އިންޑިއާއާއެކު ރައީސް މަޝްވަރާކުރައްވާނެ: ހީނާ
ރައްޔިތުންގެ ހައްގުގައި އިންޑިއާއާއެކު ރައީސް މަޝްވަރާކުރައްވާނެ: ހީނާ
ލިޔުން:
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ރައްޔިތުންގެ ލާބައާއި މަންފާއާ ގުޅޭ ހުރިހާ ކަމެއްގައި އިންޑިއާއާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ހީނާ ވިދާޅުވީ، އިންޑިއާއާ ދެމެދު ގުޅުން ބަދަހިވެފައި ހުރި ހުރިހާ ދާއިރާއަކުން ގުޅުން ބަދަހި ކުރެއްވުމަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ރަސްމީ ދަތުރުފުޅެއްކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.
ރައީސް މުޢިއްޒު މިއަހަރު ތެރޭގައި އެންމެ ފުރަތަމަ އިންޑިއާއަށް ދަތުރުކުރެއްވީ 9 ޖޫން ހިސާބުގައި އިންޑިއާ ސަރުކާރުގެ ދަޢުވަތަކަށެވެ. އެއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ބޮޑުވަޒީރުކަމަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބެއްލެވުމަށް ލިބުނު ދަޢުވަތެކެވެ.
އިންޑިއާއާއެކު އޮންނަ ގުޅުން ހީނަރުވުމަށްފަހު، ސަރުކާރުން އަންނަނީ އިންޑިއާއާއެކު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރުވެސް ވަނީ ދާދިފަހުން ރާއްޖެއަށް ވަޑައިގެން ރަސްމީ މަޝްވަރާތައް ބާއްވަވާފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
