މާލެ: 31°C

ޕާކިސްތާނު އަންހެން ކުއްޖެއްގެ ނިއްކުރީގައި އޭނާގެ ބައްޕަ ސީސީޓީވީ ކެމެރާ ހަރުކޮށްފި

ޕާކިސްތާނު އަންހެން ކުއްޖެއްގެ ނިއްކުރީގައި އޭނާގެ ބައްޕަ ސީސީޓީވީ ކެމެރާ ހަރުކޮށްފި
September 16, 2024
2 ފަހަރު ބަލާފައި
ޕާކިސްތާނު އަންހެން ކުއްޖެއްގެ ނިއްކުރީގައި އޭނާގެ ބައްޕަ ސީސީޓީވީ ކެމެރާ ހަރުކޮށްފި
ދަރިފުޅުގެ ރައްކާތެރިކަން ކަށަވަރު ކުރަން ކަމަށް ބުނެ، ޕާކިސްތާނު އަންހެން ކުއްޖެއްގެ ނިއްކުރީގައި އޭނާގެ ބައްޕަ ސީސީޓީވީ ކެމެރާ ހަރުކޮށްފިއެވެ. މި ފޮޓޯ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވަނީ ވައިރަލްވެފައެވެ. މިކަމާ ގުޅިގެން ޕާކިސްތާނުގެ ބައެއް މީޑިއާތަކުން އަންހެން ކުއްޖާއާ އިންޓަވިއުކޮށްފައިވެއެވެ. އިންޓަވިއުގައި އަންހެންކުއްޖާ ބުނެފައިވަނީ އޭނާގެ ސަލާމަތާ ރައްކާތެރިކަމާމެދު އޭނާގެ ބައްޕަ އެވަރަށް ކަންބޮޑުވާތީ ފަހުރުވެރިވާކަމަށާއި އެ ކެމެެރާގެ ސަބަބަުން އޭނާއަށް ރައްކާތެރިކަމުގެ އިހްސާސްކުރެވޭ ކަމަށެވެ. "އަބަދުވެސް ހީވޭ ބޮޑީ ގާޑެއް ކައިރީގައި ހުންނަހެން. އެހެންވީމަ މާބޮޑަށް ކަންބޮޑުވެ ހާހެއްނުވޭ. ވާ ހުރިހާ ކަމެއް ކެމެރާއަށް ރެކޯޑްވާނެކަންވެސް އެނގޭ،" އެކުއްޖާ ކިޔައިދިނެވެ. އެކުއްޖާގެ ބައްޕަ ބުނިގޮތުގައި އިންޑިއާ އާއި ޕާކިސްތާނުގެ ބައެއް ހިސާބުތަކުގައި އަންހެންކުދިން އެކަނި އުޅުން އެއްގޮތަކަށްވެސް ރައްކާތެރިއެއް ނޫނެވެ. "އަބަދު ދަރިފުޅު ފަހަތުން ނުހިނގޭނެތީ ނިއްކުރީގައި ކެމެރާ ހަރުކުރީ. މިހާރު ކުޑަކޮށް ހިތްހަމަ ޖެހޭ އެމަންޖެ ގެއިން ބޭރުގައި އުޅޭއިރެސް،" ބައްޕަ ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ